ބޯ ތަލަވުމުން ސަލާމަތްކޮށްދޭ ފަރުވާއެއް ސައިންސްވެރިންނަށް ހޯދިއްޖެ

ބޯ ތަލަވުން ސަލާމަތްކޮށްދޭ ފަރުވާއެއް ސައިންސްވެރިންނަށް ހޯދިއްޖެ އެވެ.

ސައިންސް ވެރިންނަށް އެ ފަރުވާ ހޯދިފައި ވަނީ އެހެން ބައްޔެއް ކަމަށްވާ ކަށިފީވުން ނުވަތަ އޮސްޓިއޮޕޮރޯސިސްއަށް ފަރުވާ ކުރުމަށް ބޭހެއް ޓެސްޓްކުރުމުގެ ތެރޭގަ އެވެ.

އޭ ބޭސް ޓެސްޓް ކުރުމުގެ ތެރޭގައި ސައިންސްވެރިންނަށް ވަނީ އިސްތަށިތައް ދިގުވުމަށް ހުރަސްއަޅައި އަދި ތަލަވުމަށް މަގުފަހިކޮށްދޭ ޕްރޮޓިންއަކަށް ހަމަލާދޭ މާއްދާއެއް ފެނިފަ އެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީން ކުރި އެ ދިރާސާ ޕްރޮޖެކްޓްގައި ހަރަކާތްތެރިވި ޕްރޮޖެކްޓް ލީޑަރު ޑރ. ނާތަން ހައުކްޝޯ ވިދާޅުވީ އެ ބޭހުން އިސްތަށިފައިވާ މީހުންނަށް ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށެވެ.

އިސްތަށިފޭބުން ހުއްޓުވުމަށް މިހާރު ބޭނުންކޮށް އުޅެނީ މިނޮޒިޑިލް އަދި ފިނަސްޓްރެއިޑް ކިޔާ ބޭހެކެވެ. ނަމަވެސް އެ ދެ ބޭސް ބޭނުންކުރުމުން ވަރަށް ގިނަ ސައިޑް އިފެކްޓްސްތައް ކުރިމަތިވާކަން ވަނީ އެނގިގެން ގޮސްފަ އެވެ. އެހެންކަމުން ގިނަ މީހުން މިހާރު ވެސް ހޯދާ ފަރުވާއަކީ ހެއާ ޓްރާންސްޕްލާންޓް ކުރުމެވެ.

އާ ބޭހުން އިސްތަށި ފަޅާކަން އެނގުނަސް އެއީ އިންސާނުން ބޭނުންކުރުމަށް އެންމެ ރައްކާތެރި ބޭހެއްތޯ ބެލުމަށް އިތުރު ޓެސްޓްތައް ކުރަން ޖެހޭނެ ކަމަށް ހައުކްޝޯ ވިދާޅުވި އެވެ.

comment ކޮމެންޓް