އުރީދޫ ސުޕަނެޓް އޭދަފުއްޓަށް

އޭދަފުށީގައި އުރީދޫ ސުޕަނެޓުގެ ޚިދުމަތް ފެށުން -- ފޮޓޯ/ އުރީދޫ

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް "ސުޕަނެޓް"ގެ ޚިދުމަތް ބ. އޭދަފުށީގައި މިއަދު ތައާރަފުކޮށް، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫއިން ބުނި ގޮތުގައި އޭދަފުށީގައި ސުޕަނެޓްގެ ޚިދުމަތް ތައާރަފުކުރުމާ ގުޅިގެން ފެށި ހާއްސަ އޮފާގެ ދަށުން، 2018 ޖުލައި ހަތްވަނަ ދުވަހުގެ ކުރިން އުރީދޫ ސުޕަނެޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު މަހު ފީއިން 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އުރީދޫއިން ބުނީ އޭދަފުށީގިން ސުޕަނެޓުގެ ޚިދުމަތް ފޯރުކުރުމަށް އެކްޓިވޭޝަން ފީއެއް، ނުވަތަ ޑިޕޮސިޓެއްވެސް ހުށަހަޅާކަށް ނުޖެހޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ ހަލުއި ސްޕީޑުގެ އިންޓަނެޓާއެކު، އިްތިސާދީ އަދި އިޖުތިމާއީ ކުރިއެރން ގެނެސްދޭ ބައިނަލްއަގުވާމީ ވަސީލަތްތަކާ އާންމުން ގުޅުވައިދޭ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަން ދޭ ކަމެއް. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި، 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަކާ އެކު ސުޕަނެޓު ރައުޓާ ބައްލަވައިގަތުމުގެ ފުރުސަތު ދީފައި ވާ ކަމަށެވެ.

comment ކޮމެންޓް