އިރާންގެ ނިއުކުލިއާ އެއްބަސްވުން އުވާލުމާމެދު އެމެރިކާއިން މިއަދު ގޮތެއް ނިންމަނީ

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާންގެ ނިއުކުލިއާ އެއްބަސްވުން އުވާލުމާމެދު ނިންމި ނިންމުން ޓްރަމްޕް މިއަދު އިއުލާން ކުރައްވާނެ-- ފޮޓޯ: އޭއެފްޕީ

އީރާންގެ ނިއުކުލިއާ އެއްބަސްވުން އުވާލުމާމެދު އެމެރިކާން މިއަދު ގޮތައް ނިންމާނެ ކަން އެގައުމުން ބުނެފިއެވެ.

އެެމެރިކާގެ ރައީސް ނޮނަލްޑް ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓެއްގައި ބުނީ ނިއުކުލިއާ ހަތިޔާރުއުފެއްދުން މަނާކުރުމަށް ބޮޑެތި ބާރުތަކާ އީރާނާ ދެމެދު އެކުލަވާލީ އެއްބަސްވުން އުވާލުމާމެދު ނިންމި ނިންމުން މިއަދު އެެމެރިކާގެ ވޮޝިންގްޓަންގެ ގަޑިން މެންދުރު ދޭއް ޖަހާއިރު އިއުލާން ކުރައްވާނެ ކަމަށެެވެ.

އިރާންގެ ނިއުކުލިއާ އެއްބަސްވުމުން އުވާލުމަަށް އެމެރިކާއިން ކެތްމަދުވެފައި އޮތް ނަމަވެސް ، ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުން ދަނީ އެއްބަސްވުން ދެމެހެއްޓުަމަށް ވަރަށް ބޮޑަށް މަސައްްކަތްކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު ހެދި އެއްބަސްވުމުން ޓްރަމްޕް ސިފަކުރައްވައިފައިވަނީ ބޮޑު މުސީބާތެއްގެ ގޮތުގައެވެ. އެ އެއްބަސްވުން އެކުލަވާލުމުގައި ހަރަކާތްތެރިވި އެމެރިކާގެ ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީއަށް ވެސް ޓްރަމްޕް ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ.

" ޖޯން ކެރީގެ ހިޔަނީގައި ހެދި އެ އެއްބަސްވުމަކީ އެމެރިކާއަށް މިހާރު ބޭނުން އެއްޗެއް ނޫން. މިއީ ވަރަށް ތާކުންތާކުން ނުޖެހޭ އެއްބަސްވުމެއް. މި މުސީބާތުގެ އަސްލަކީވެސް ކެރީ." ޓްރަމްޕް ވިދާޅުވިއެވެ.

ނިއުކުލިއާ އެއްބަސްވުން އުވާލައިފިނަމަ ރައްދުގައި ޔުރޭނިއަމް އިތުރަށް ފައްކާކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް