މަސްވެރިކަން ކުރުމުގައި ބޭނުންކުރާ ''އިމޭޖް ސްޓޭބަލައިޒޭޝަން ދުރުމި'' ހިލޭ ދޫކުރަނީ

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ އިމޭޖް ސްޓޭބަލައިޒޭޝަން ދުރުމި--

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ އިމޭޖް ސްޓޭބަލައިޒޭޝަން ދުރުމި ހިލޭ ދޫކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި މަސްވެރިކަމާ ގުޅުންހުރި ފަހުގެ ޓެކްނޮލަޖީތައް ބޭނުންކުރުމަށް ބާރު އެޅުމަށާއި ކަނޑުމަހުގެ މަސްވެރިކަމުގެ ކަނދުފަތިން ކުރާ މަސްވެރިކަމުގެ ބަދަލުގައި ކަނޑުހިނގާ އައިނުން މަސްވެރިކަންކުރުމަށް މަސްވެރިންނަށް އެހީތެރިކަން ފޮރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ހާއްސަ ޓެކްނޮލަޖީއެއް ހިމެނިފައިވާ ދުރުރާސްތާގެ "އިމޭޖް ސްޓޭބަލައިޒޭޝަން" ނުވަތަ އުދަރެސް ގިނަ ވަގުތު ބެލުމަށް ފަސޭހާވާފަދަ 100 ދުރުމި ހިލޭ ދޫކުރުމަށް ހަމޖެހިފައިވާ ކަމަށް ފީޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކޮންމެ އުޅަނދެއްގެވެސް ވެރިފަރާތް ނުވަތަ އޮޑިވެރިއާއަށް ދޫކުރެވޭނީ އެއް ދުރުމިކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

"އިމޭޖް ސްޓޭބަލައިޒޭޝަން ދުރުމި" އަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ކަޅުބިލަމުގެ ދޮށީގެ ނުވަތަ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދަކަށް ވުމާއި، ފާއިތުވި ތިން އަހަރު މަސްވެރިކަމުގެ ލައިސަންސް އެ އުޅަނދުން އާކޮށްފައިވުމާއެކު ގައުމީ ސަލާމަތަށް ނުރައްކާފަދަ ޣައިރު ގާނޫނީ ހަރަކާތެއްގައި ބޭނުންކޮށްފައިވާ އުޅަނދަކަށް ނުވުން ހިމެނެއެެވެ.

އޭގެ އިތުރުން ދުވަހު މަސްވަރިކަމުގެ މައުލޫމާތު ފޯމް ފިޝަރީޒް މިނިސްޓްރީއަށް ފޮނުވާފައިވާ އުޅަނދަކަށް ވުމާއި ފާއިތުވި ތިން އަހަރު އެންމެ ގިނައިން މަސްކިރުވާފައިވާ އުޅަނދަަކަށް ވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ދުރުމި ހޯދުމަށް އެދި ފޯމް ހުށަހެޅުމެގެ ސުން ގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

comment ކޮމެންޓް