އޭދަފުށީގައި ދިރާގު ޓީވީއާއި ފައިބަރ ބްރޯޑްބޭންޑް ތައާރަފުކޮށްފި

އޭދަފުށީގައި ދިރާގު ޓީވީއާއި ފައިބަރގެ ޚިދުމަތް ތައާރަފުކުރުން --

ދިރާގުގެ ހައިސްޕީޑު ފައިބަރ ޚިދުމަތާއި ދިރާގުގެ އައިޕީޓީވީ "ދިރާގު ޓީވީ"ގެ ޚިދުމަތް ބ. އޭދަފުށީގައި މިއަދު އިފްތިތާހުކޮށްފިއެވެ.

ދިރާގުން އޭދަފުށީގައި މި ޚިދުމަތްތައް ތައާރަފުކުރުމުގެ ގޮތުން ޚާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރު އަދި ދިރާގު ޓީވީގެ ހިދުމަތް އެއްވެސް އަގަކާ ނުލައި ގުޅައިދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އޭދަފުއްޓަކީ ދިރާގުން މިއަހަރު މި ޚިދުމަތްތައް ތައާރަފުކުރި 18 ވަނަ ރަށް ކަމަށެވެ.

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދިރާގުޓީވީގެ ޚިދުމަތް އެއްވެސް ތަފާތުކުރުމެއްނެތި އެއް އަގެއްގައި ފޯރުކޮށްދޭ އިރު، އިންޓްރޮޑަކްޓަރީ ޕެކޭޖުގައި 80 އަށް ވުރެ ގިނަ ޗެނަލް ބެލޭނެއެވެ. އިންޓްރޮޑަކްޓަރީ ޕެކޭޖުގެ އަގަކީ 300 ރުފިޔާއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

comment ކޮމެންޓް