ބައިވެރިންނަށް އެސްއެމްއެސް އިތުރުކޮށްދިނުމަށް އައިޑަލްގެ ޕާފޯމަންސް ޝޯ އަވަސްކޮށްފި

އައިޑަލްގެ ގަދަ ފަސް ބައިވެރިން--- ފޮޓޯ/ ޓްވިޓާ

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ ގްރޭންޑް ފިނާލޭ މިހަފްތާގައި ބާއްވަން ނިންމާފައި ވާއިރު ގްރޭންޑް ފިނާލޭގެ ޕާފޯމަންސް ޝޯ މިހަފްތާގެެ ބުރާސްފަތި ދުވަހަށް އަވަސްކޮށްފިއެވެ.

މޯލްޑިވިއަން އައިޑަލްގެ ޕާފޯމަންސް ޝޯތައް އާންމުކޮށް ދައްކަނީ ހުކުރު ދުވަހުގެ ރޭގައެވެ. ޕާފޯމަންސް ޝޯ ބުރާސްފަތި ދުވަހަށް އަވަސްކުރީ ބައިވެރިންނަށް އެސްއެމްއެސް ލިބޭ މިންވަރު އިތުރު ކުރުމަށް ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

ޕީއެސްއެމްއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭގެ ޝޯއަށްފަހު ބައިވެރިންނަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކާ ހަމައަށް އޮންނާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދައްކާ ޕާފޯމަންސް ޝޯއަށްފަހު އައިޑަލްގެ ގްރޭންޑް ފިނާލޭ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ. މޯލްޑިވިއަން އައިޑަލްއަކަށް ހޮވާނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސްއަށް ބަލާ އެންމެ މަތިން ޕޮއިންޓް ލިބޭ ބައިވެރިއެކެވެ.

މިފަހަރު އައިޑަލްގެ ގްރޭންޑް ފިނާލޭގައި ގަދަ ފަހަކަށް ހޮވުނު ހުރިހާ ބައިވެރިންވެސް ވާދަ ކުރާނެއެވެ. އެއީ އާއިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ.

comment ކޮމެންޓް