އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން އާ ގާތަށް

މިދިޔަ އަހަރު އެޕަލްގެ އާ އުފެއްދުންތަކެއް ނެރުމުގެ ހަފްލާގެ ތެރެއިން ---ފޮޓޯ/ އޭޕީ

އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރަށް އެރުމަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެޕަލްގެ ހިއްސާގެ އަގު މަތިވެ، ސްޓޮކް އެކްސްޗޭންޖުގައި އެ ކުންފުންޏަށް މިއީ އުފާވެރި ދުވަސްކޮޅެކެވެ. ހާއްސަކޮށް، އެމެރިކާގެ ވަރުގަދަ ކުންފުންޏެއް ކަމަށްވާ ބާކްޝާއިން އެޕަލްގެ 75 މިލިއަން ހިއްސާ ގަތުމަކީ ފާއިތުވި ހަފްތާގައި އެކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ބާކްޝާއިން މިހާތަނަށް ވަނީ އެޕަލްގެ 240 އަށް ވުރެ ގިނަ ހިއްސާ ގަނެފައެވެ. އެއީ ގާތްގަނޑަށް އެޕަލްގެ ހިއްސާގެ ފަސް ޕަސެންޓެވެ.

ހަބަރުތައް ބުނާގޮތުން މިހާރު އެޕަލްގެ މާކެޓް ވެލިއު އަކީ 940 ބިލިއަނެވެ.

އައިފޯނުގެ ވިޔަފާރި ދަށްވެ، އެޕަލް މާޔޫސްވެފައިވަނިކޮށް މި މަސް ފެށުނު ފަހުން ހިއްސާގެ ބާޒާރުގައި އެޕަލްގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ޖަޕާނު އަދި ޗައިނާގެ ބާޒާރުގައި އައިފޯނުގެ ވިޔަފާރި ރަނގަޅުވަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ހިއްސާ ދާރުންގެ އަތުގައި ހުރި ބައެއް ހިއްސާ އަލުން ކުންފުންޏަށް ގަންނާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް