ދިރާގު ޓީވީއާއި ފައިބަރ އިންޓަނެޓު ކުޑަހުވަދޫއަށް

ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ކުޑަހުވަދޫގައި ތައާރަފުކުރުން -- ފޮޓޯ/ ދިރާގު

ދިރާގުގެ ހައިސްޕީޑު ފައިބާ ޚިދުމަތާއި ދިރާގުގެ އައިޕީޓީވީ "ދިރާގު ޓީވީ"ގެ ޚިދުމަތް ދ. ކުޑަހުވަދޫގައި އިފްތިތާހުކޮށްފިއެވެ.

ދިރާގުން ކުޑަހުވަދޫގައި މި ޚިދުމަތްތައް ފެށުމަށްޓަކައި ކުލަގަދަ ހަފްލާއެއް ވަނީ ބާއްވާފައެވެ. އެ ހަފުލާގައި ބައިވެރިވި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ, ގުރުއަތުން ހޮވުނު އެއް ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ދިނެވެ.

އަދި ގުރުއަތުން ހޮވުނު އިތުރު ހަތަރު ފަރާތަކަށް ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ތިން މަސްދުވަހަށް ހިލޭ ވަނީ ދީފައިއެވެ.

މީގެ އިތުރުން ދިރާގުން ވަނީ ކުޑަހުވަދޫގައި ވަނީ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެއެވެ.

https://sun.mv/89170

ދިރާގުން ބުނީ ކުޑަހުވަދޫއަކީ ދިރާގުން މިއަހަރު މި ޚިދުމަތްތައް ތައާރަފުކުރި 17 ވަނަ ރަށް ކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 42 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުން ލިބެއެވެ.

comment ކޮމެންޓް