ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރުގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްފި

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރުގެ ގަޔަށް ބަޑި ޖަހާ ވަނީ ޒަހަމްކޮށްފައި -- ފޮޓޯ: އީޕީއޭ

އިސްލާމްއާބާދު (މޭ 7): ޕާކިސްތާނުގެ ޕަންޖާބުގައި އޮތް ރެލީއެއްގައި ބައިވެރިވެވަޑައިގެންނެވި އިންޓީރިއާ މިނިސްޓަރު އަހްސަން އިގުބާލުގެ ގަޔަށް ބަޑި ޖަހާ ޒަހަމްކޮށްލައިފި އެވެ.

ޕާކިސްތާނުގެ ވެރިކަން ކުރާ މުސްލިމް ލީގު (ޕީއެމްއެލް-އެން)ގެ އިސް މެމްބަރެއް ކަމަށްވާ މިނިސްޓަރު އިގުބާލުގެ ގަޔަށް ބަޑި ޖެހީ ކްރިސްޓިއަން ގުރޫޕަކާ ބައްދަލުކުރެއްވުމަށް ފަހު ރެލީއަށް ވަޑައިގަތް ފަހުންނެވެ.

އެބައްދަލުވުމާއި އޭނާ އަށް ދިން ހަމަލާއާ ގުޅުމެއްވާ ކަން އަދި ޔަގީން ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މިހާރު ދަނީ އެ ހަމަލާ ދިން މީހާ ހައްޔަރު ކުރުމަށް ފަހު އޭނާއާ ސުވާލު ކުރަމުންނެވެ.

ޕާކިސްތާނުގެ މީޑިއާތަކުގައިވާ ގޮތުން އެހަމަލާ ދިނީ 21 އަހަރުގެ އަބީދު ހުސެއިން ކިޔާ މީހެކެވެ. އޭނާއަކީ ތަހްރީކް އީ ލައްބައިކަ ޔާ ރަސޫލުﷲ ޕާޓީއަށް ނިސްބަތްވާ މީހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޕަންޖާބުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެހަމަލާގައި މިނިސްޓަރު އިގުބާލުގެ އަތަށް ވަނީ ވަޒަނެއް އަރާފައި އެވެ. އަދި ދެވަނަ ހަމަލާއެއް ދޭން މަސައްކަތް ކުރުމުން ފުލުހުންނާއި އެސަރަހައްދުގައި ތިބި އާއްމުން ވަނީ ހަމަލާ ދިން މީހާ ހުއްޓުވާފައި އެވެ.

އެ ހަމަލާގެ ސަބަބުން މިނިސްޓަރު އިގުބާލުއަށް އަށް ދަނީ ލާހޯރުގެ ސާވިސް އިންސްޓިޓިއުޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. (ބީބީސީ)

comment ކޮމެންޓް