ބިލްބޯޑް ޓޮޕް 100ގެ އެއްވަނައިގައި އަދިވެސް ޑްރޭކް

ބިލްބޯޑް ޓޮޕް 100 ޗާޓުގެެ އެއްވަނާގައި މިހަފްތާވެސް ހިމެނިފައިވަނީ ޑްރޭކް އެވެ. ޑްރޭކްގެ ލަވަ ''ނައިސް ފޯ ވަޓް'' އަށް ޗާޓުގެ ކުރި ލިބުނު މިއީ ދެވަނަ ހަފްތާއެވެ.

މި ލިސްޓުގެ ދެވަނަ ވެސް ލިބެނީ ޑްރޭކް އަށެވެ. އޭނާގެ ލަވަ ގޯޑްސް ޕްލޭން ލިސްތުގެ ދެވަނާގައި ހިމެނޭ ވެސް މިއީ ދެވަނަ ހަފްތާ އެވެ. މީގެ ކުރިން މި ލަވަ ވަނީ މި ޗާޓުގެ އެއްވަނައިގައިވެސް ދުވަސްތަކެއް ވަންދެން ހިމެނިފައެވެ.

ބިލްބޯޑް ޓޮޕް 100 ގެ ތިންވަނަ ލިބެނީ އާރިއާނާ ގްރޭންޑްގެ ނޯ ޓިއާސް ލެފްޓް ޓު ކްރައި އަށެވެ. މިއީ ޗާޓުގައި އަލަށް ހިމެނުނު ލަވައެކެވެ.

ބީބީ ރެކްސާ އަދި ފްލޮރިޑާ ޖޯޖިއާ ލައިންގެ ލަވަ މެންޓް ޓު ބީ ވަނީ ޗާޓުގެ ހަތަރުވަނަ އަށް ވެއްޓިފައެވެ. މިއީ މިދިޔަ ހަފްތާގެ ޗާޓުގެ ތިންވަނަ ލިބުނު ލަވައެވެ. މިލަވަ ބިލަބޯޑް ޓޮޕް 100 ގައި ހިމެނޭތާ މިއީ 27 ވަނަ ހަފްތާ އެވެ.

ޕޯސްޓް މެލޯންގެ ސައިކޯ އަށް ޗާޓުގެ ފަސްވަނަ ލިބޭއިރު މި ލަވައަކީ މިދިޔަ ހަފްތާގެ ޗާޓުގެ ދެވަނާގައި އޮތް ލަވައެވެ.

comment ކޮމެންޓް