ނޮޅިވަރަންފަރު އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ގެނެސްފި

ނޮޅިވަރަންފަރުގައި ހިނގި އެކްސިޑެންޓުގައި އަންހެން މީހާއަށް ލިބިފައިވާ ބޮޑެތި ޒަޚަމްތައް ---

ހދ. ނޮޅިވަރަންފަރުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު ފަތިހު މާލެ ގެނެސްފިއެެވެ.

އެ ހާދިސާގައި އަނިޔާވި ފަތިމަތު ނާއިލާ ބުނީ އެ ހާދިސާގައި ބޮޑެތި ޒަޚަމަތްކެއް ލިބުނު ކަމަށާއި ހާލަތު އަދިވެސް އެއްކޮށް ރަނގަޅު ނުވާކަމަށެވެ.

ނާއިލާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައެވެ.

"ޑޮކްޓަރު ބުނީ އެ ހާދިސާގައި މައިބަދައަށް ބޮޑެތި ގެއްލުންތައް ލިބި ނާރުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް. ދެން އެމްއާރުއައި ހަދަން ވެގެން މިހާރު ކިއުގައި މިހުރީ،" ނާއިލާ ކިޔައިދިނެވެ.

ނައިލާ ބުނީ ބުރާސްފަތި ދުވަހުގެ ރޭ 7:30 އެހައިކަންހާއިރު އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އަންހެން މީހާގެ ގައިގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

"ބޮލުގެ ފުއްކިބައިން ދެ އިންޗި ވަރު ތަންގަނޑެއް ވަނީ ޗަސް ޗެފައި،" ނާއިލާ ކިޔައިދިނެވެ.

އެ ހާދިސާގައި ވައަތު ފައިގެ ކުޑަކަޅުވާގެ ތިރިން ކަށިގަނޑުގައި ޖެހޭ ވަރަށް ފުންކޮށް ހަތަރު އިންޗި ދިގުމިނަށް ކަފައިގެން ގޮސްފައިވާ ކަމަށް ވެސް ނާއިލާ ބުންޏެވެ.

ނާއިލާ ބުނީ އެ ހާދިސާގައި ބުރަކަށީގެ ކަނާތްފަރާތު ކޮނޑު ހުޅު ކައިރީ މަށައިގެން ގޮސްފައިވާއިރު، ވައަތު އުޅަނބޮށި ނޫ ފައިގެން ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް