ވާވޭއިން ގޭމު ކުޅެވޭ ސްމާޓް ގަޑިއެއް އުފައްދަނީ؟

ޓެކްނޮލޮޖީ ކުންފުނި ވާވޭއިން ގޭމު ކުޅުމަށް ހާއްސަ ސްމާޓު ގަޑިއެއް އުފައްދަން ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން ވާވޭއިން ވަނީ މިހާރު މި ގަޑީގެ ޕޭޓެންޓް ރަޖިސްޓްރީ ކޮށްފައެވެ. މި ގަޑި ބޭނުންކޮށްގެން ގޭމު ކޮންޓްރޯލު ކުރެވޭނެ ކަމަށާއި ސެލްފީ ނަގަންވެސް މި ގަޑި ބޭނުން ކުރެވޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

ވާވޭއިން އުފައްދާ މި ގަޑި އަކީ "ސްމާޓް ބޭންޑެއް"ގެ ގޮތުގައި ޕްރޮމޯޓު ކުރާނެ އެއްޗެކެވެ. އެޕަލް އިންވެސް ސްމާޓް ބޭންޑެއް ބާޒާރަށް ނެރެން އުޅޭކަމަށް ހަބަރުތައް ބުނެއެވެ.

އެގޮތުން ޓަޗް ސެންސެޓިވް ސްމާޓް ބޭންޑެއް އުފެއްދުމަށް ތައްޔާރުވެ އެޕަލްއިން ވަނީ އެ ހިޔާލު އެމެރިކާގެ ޓްރޭޑްމާކް އެންޑް ޕޭޓެންޓް އޮފީހުގައި ރަޖިސްޓްރީ ވެސް ކޮށްފައެވެ.

މި ސްމާޓް ބޭންޑަކީ ލަވަ އަޑުއަހާލެވޭނެ ބޭންޑެއްކަމަށްވެއެވެ.

އެޕަލް އާއި ވާވޭގެ ސްމާޓް ވޮޗް ނުވަތަ ބޭންޑް މި އަހަރުގެ ފަަހުކޮޅު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. ވާވޭއިން ވާވޭ ވޮޗް 3 ތައްޔާރު ކުރަމުން އަންނައިރު އެޕަލް ވޮޗް 4 ވެސް އެޕަލްގެ އެހެން ގަޑިތަކާ އަޅާ ބަލާއިރު މޫނުމަތި ބޮޑުކޮށް، ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް