ހިރަފުހުގެ ތޫފާނެއްގެ ސަބަބުން އިންޑިއާގައި 74 މީހަކު މަރުވެއްޖެ

އިންޑިއާގެ ރާޖަސްތާނާއި އުއްތަރަ ޕްރަދޭޝްއަށް އިއްޔެ ވަނީ ހިރަފުހުގެ ތޫފާނެއް އަރާފައި -- ފޮޓޯ: ޕީޓީއާއި

ދިއްލީ (މޭ 3): އިންޑިއާގެ އުތުރުގައި އޮންނަ ރާޖަސްތާނާއި އުއްތަރަ ޕްރަދޭޝްއަށް އެރި ހިރަފުހުގެ ތޫފާނެއްގެ ސަބަބުން 74 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ އެރި ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ރާޖަސްތާނުގެ އަލްވަރު، ބަރަތްޕޫރު އަދި ދޯލްޕޫރު ޑިސްޓުރިކްޓަށެވެ. އެސްޓޭޓުން 29 މީހަކު މަރުވެފައިވާ އިރު، އުއްތަރަ ޕްރަދޭޝްއިން 45 މީހަކު މަރުވެފައިވެ އެވެ.

އިއްޔެ އެރި ތޫފާނުގެ ސަބަބުން އެދެ ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ކަރަންޓު ކެނޑި، ގަސްތައް މުލުން ލުހި، ގެތައް ސުންނާފަތިވެ، ޖަނަވާރު މަރުވެފައިވެ އެވެ.

އަދި ގިނަ މީހުން މަރުވީ ހޮނުއަޅައި، ވާރެ އާއި ގަދަ ވައިގެ ސަބަބުން ގެތަކާއި ގަސްތައް ވެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރާޖަސްތާނުގެ ޗީފް މިނިސްޓަރު ވަނީ ތޫފާނުގައި މަރުވި މީހުންގެ އާއިލާތަކަށް 6،000 ޑޮލަރުގެ ބަދަލު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް