އައްޑޫ އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއް ޕީޖީ އަށް ފޮނުވައިފި

އައްޑޫގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާ ވަނީ މަރުވެފައި --- ފޮޓޯ/ މީސް މީޑިއާ

އައްޑޫސިޓީ ލިންކު ރޯޑުގެ ކުނިކޮށި ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެން މިދިޔަ މާރިޗް މަހުގެ 10 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ވި ސ. ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝްއެވެ.

އޭނާ މަރުވީ ހިތަދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެރޭ 7:05 ހާއިރުއެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ވަނީ ކާރު ދުއްވަން އިން އުމުރުން 33 އަހަރުގެ ފިރިހެން މީހާގެ މައްސަލައެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް