ތާޖު މަހަލުގެ ކުލަ ފޭދޭތީ އިންޑިއާއިން ބޭރުގެ އެހީ ހޯދަނީ

ތާޖް މަހަލް -- ފޮޓޯ: ރޮއިޓާސް

ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ އެފަދަ ދެވަނައެއް ނެތް ރީތި ބިނާ ތާޖު މަހަލްގައި ހުންނަ ޖާދުވީ ކުލަ ފޭދެމުންދާތީ، އެކަން ހައްލުކުރުމަށް ބޭރުގެ ފަންނީ އެހީ ހޯދުމަށް އިންޑިއާގެ ސުޕްރީމްކޯޓުން އިންޑިއާގެ ސަރުކާރަށް ގޮވައިލައިފި އެވެ.

ހުދުކުލައިގެ މާބަލް އާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ހަދައިފައިވާ، ތާޖު މަހަލްގެ ފާރުތައް ރީނދޫވެ، މިހާރު ވަނީ ފެހި އަދި މުށި ކުލައަށް ބަދަލުވާން ފަށައިފަ އެވެ.

ތާޖު މަހަލްގެ ޖާދުވީ ކުލަ ފޭދުމުގެ އަސްލަކީ އެ ސަރަހައްދުގެ ތިމާވެށި ތަޣައްޔަރުވުމާއި އަދި އެ ސަަރަހައްދުގައި އުޅޭ ކުދިކުދި ސޫފިތަކުގެ ނަޖިސް ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ސަރުކާރުން މީގެ ކުރިން ވަނީ އެ ސަރަހައްދުގައި ހުންނަ އެތަކެއް ހާސް ކާރުހާނާތަކެއް ވެސް ބަންދުކޮށްފަ އެވެ.

ތާޖު މަހަލް ހުންނަ ސަރަހައްދުގައި ހުންނަ ޔަމުނާ ކޯރު ތަޣައްޔަރުވުމަކީ ވެސް ވެސް އެ ސަރަހައްދަށް އެކިއެކި ކުދިކުދި ސޫފިތައް ޖަމާވުމުގެ އަސްލެވެ.

ތާޖު މަހަލްއަކީ އިންޑިއާގައި ކުރިން ވެރިކަން ކުރި މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން ވެރިކަން ކުރި އިރު އޭނާގެ އަންހެނުންގެ ހަނދާނުގައި ބިނާ ކުރި ބިނާއެކެވެ.

ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް