ސަޓާގެ ސްރީލަންކާ ހޮސްޕިޓަލިޓީ ޕާޓްނަރަކަށް ރަމަދާ ހޮޓެލް

ރަމަދާ ކޮލޮމްބޯ --

ހައިރައިޒުން އިންތިޒާމުކޮށްގެން ދޭ ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018އަށް ސްރީލަންކާއިން ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކޮލޮމްބޯގައި ހުންނަ ރަމަދާ ހޮޓެލް ހަމަޖައްސައިފިއެވެ.

ރަމަދާ ހޮޓެލްއަކީ ކޮލޮޮމްބޯގެ ކޮލްލުޕިޓިޔާގައި 94 ކޮޓަރިއާ އެކު ހުންނަ މަޝްހޫރު ހޮޓަލެކެވެ. ފަތުރުވެރިންނާއި، ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މި ހޮޓަލަކީ ކޮލޮމްބޯގެ ވިޔަފާރި މަރުކަޒުތަކާ ގާތުގައި ހުންނަ ތަނެކެވެ.

ސަޓާއަށް ނޮމިނޭޓުވެފައިވާ ސްރީލަންކާގެ ޕްރޮޕަޓީތަކުގެ އިވެލުއޭޝަންތައް ކުރިއަށް ދާނީ އެ ހޮޓެލްގައެވެ. ސަޓާގެ އިވެލުއޭޝަންތައް ފަށާނީ ޖޫން މަހުގެ ތެރޭގައެވެ.

ސަޓާއެވޯޑުގެ އޮންލައިން ވޯޓިން މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި އޮންލައިން ވޯޓިންއަށްފަހު ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ހައިރައިޒުން ބުންނެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް، މުމްބާއީގައެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެއެވެ. ހައިރައިޒުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން
comment ކޮމެންޓް