ގެލެކްސީ ނޯޓް 9 ނެރުން އަވަސް ކުރަނީ؟

ކޮންމެ އަހަރަކު ވެސް ނޯޓް ސީރީޒްގެ އާ ފޯނެއް ސެމްސަންގުން ބާޒާރަށް ނެރެ އެވެ. ޢަންމުކޮށް ނޯޓް ސީރީޒްގެ ފޯނު ބާޒާރަށް ނެރެނީ ސެޕްޓެމްބަރު ނޫނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ނަމަވެސް ހަބަރުތައް ބުނާ ގޮތުން މި އަހަރު ނެރެން ނިންމާފައިވާ ނޯޓް 9 ނެރޭ ތާރީޚް މިހާރު ވަނީ އަވަސް ކޮށްފަ އެވެ. އެގޮތުން ސެމްސަންގް ގެލެކްސީ ނޯޓް 9 މިއަހަރުގެ އޮގަސްޓްމަހު ރިލީޒްކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފޯނުގައި ކުއެލްކޮމް ސްނެޕްޑްރެގަން 845ގެ ޕްރޮސެސަރަކާއި 6 ޖީބީގެ ރެމް އެއް ހިމަނާނެ އެވެ. މި ފޯނުގެ ކެމެރާ އެސް9 ސީރީޒްގެ ފޯނުތަކުގެ ކެމެރާ އާ އެއްވަރަށް ނޫނީ އެއަށް ވުރެެ ވެސް ރަނގަޅުވާނެ ކަމަށާއި ފޯނުގައި ހިމެނޭ އެސް ޕެންގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ކެމެރާގެ ޑިޒައިން އަށް ބަލާއިރު ނޯޓް 8 އާ ބަލާއިރު މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށާއި ބެޓެރީ ވެސް އެ ފޯނާ އެއްގޮތްކަމެއް ހުންނާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް