ސްވިޒަލޭންޑްގެ ރޭލަކަށް ރަންވީރުގެ ނަން ދީފި

ކުޅަދާނަ އެކްޓަރު ރަންވީރު ސިންގްގެ ނަމުން ނަން ދީފައިވާ ރޭލެއް ސްވިޒަލޭންޑުގައި ހުޅުވައިފި އެވެ.

"ރަންވީރު އޮން ޓުއާ"ގެ ނަން ދީފައިވާ އެ ރޭލަކީ ސްވިޒަލޭންޑުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރަންވީރު ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްވިޒަލޭންޑް ޓުއަރިޒަމް އަދި ސްވިސް ޓްރެވަލް ސިސްޓަމް ގުޅިގެން ތައާރަފުކުރި ޓުއާ ރޭލެކެވެ.

ރޭލުގައި ބޭނުން ކޮށްފައި ވަނީ މުޅިން ވެސް ރަންވީރުގެ ފޮޓޯ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ރަންވީރު އަކީ ސްވިޒަލޭންޑްގެ ޓުއަރިޒްމް އެމްބެސެޑަރެކެވެ. އޭނާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސްވިޒަލޭންޑްގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އެ ގައުމުގެ ފޮޓޯ އާއި ވީޑިއޯތައް ސަޕޯޓަރުންނާ ހިއްސާ ކުރަމުންނެވެ.

އަދި އެއާ އެކު އިންޑިއާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކަށް ސްވިޒަލޭންޑް މިހާރު ވަނީ ވެފަ އެވެ.

ރަންވީރު ވަނީ "ރަންވީރު އޮން ޓުއާ" ރޭލުގެ ސަބަބުން ވަރަށް ބޮޑަށް އުފަލުން ހުރިކަމަށް ބުނެފަ އެވެ. ރަންވީރު ބުނީ އެއީ ހަމައެކަނި އެއްތަކުން އަނެއް ތަނަށް ދަތުރު ކުރާ ރޭލެއް ނޫން ކަމަށާއި އެ ރޭލުގައި ސްވިޒަލޭންޑްގެ ޓުއާ އެއް ދޭނެ އެވެ.

އަދި ރޭލުގެ ކުޑަދޮރުތަކުން ބޭރު ބަލައިލުމުން، ސްވިޒަލޭންޑްގެ ރީތިކަމުގެ ޖާދޫގައި ކޮންމެ މީހަކު ވެސް ޖެހޭނެ ކަމަށް ރަންވީރު ބުންޏެވެ.

comment ކޮމެންޓް