ސްޓޯރޭޖު ބޮޑުކޮށް އެސް9ގެ ފޯނުތަކެއް ބާޒާރަށް

ސެމްސަންގް ގެލެކްސީ އެސް9/އެސް 9 ޕްލަސް -- ފޮޓޯ: ސީނެޓް

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ސެމްސަންގް ގެލެކްސީ އެސް9ގެ 128 ޖީބީ އާއި 256 ޖީބީގެ ފޯނު ބާޒާރަށް ނެރެން ނިންމައިފި އެވެ.

އެސް9 ފޯނުތައް ލޯންޗުކުރި އިރު ނެރުނީ 64 ޖީބީގެ ފޯނެވެ. މައިކްރޯ އެސްޑީ ކާޑާ ޢެކު އަލަށް ނެރޭ ފޯނުތަލުގެ ސްޓޯރޭޖު ވެސް ބޮޑުކުރެވޭނެ އެވެ.

މި ފޯނުތަކަށް ޕްރީ އޯޑާ ކުރުން މިއަދު ހުޅުވާލާއިރު ޕްރީ އޯޑާ ކުރެވޭނީ ސެމްސަންގްގެ ރަސްމީ ވެބްސައިޓުންނެވެ.

ޕާޕަލް، ބްލޫ އަދި ބްލެކް ކުލައިން ވެސް މި ފޯނުތައް ލިބޭނެ އެވެ.

މި ފޯނުތަކުގެ އަގަށް ބަލާއިރު 128 ޖީބީގެ ގެލެކްސީ އެސް9ގެ އަގު އުޅޭނީ 769.99 ޑޮލަރުގަ އެވެ. އަދި 128 ޖީބީގެ އެސް9 ޕްލަސްގެ އަގަކީ 889.99 ޑޮލަރެވެ. އަދި 256 ޖީބީގެ ގެލެކްސީ އެސް9 819.99 ޑޮލަރަށް ވިއްކާއިރު 256 ޖީބީގެ އެސް9 ޕްލަސްގެ އަގަކީ 939.99 ޑޮލަރެވެ.

މި މޮޑެލްތައް އިންޑިއާ ފަދަ މާކެޓުތަކުގައި މިހާރު ވެސް ލިބެން އެބަހުއްޓެވެ.

އާ މޮޑެލްތަކުގެ ސްޓޯރޭޖު ވެސް އެސްޑީ ކާޑާއެކު ބޮޑުކޮށްލެވޭނެ އެވެ.

comment ކޮމެންޓް