ޓްރީޓޮޕުން ބޯން ޑެންސިޓީ ޓެސްޓް ހަދާލެވޭނެ

ޓްރީޓޮޕް ގައި ހުރި ބީއެމްޑީ މެޝިން---

ކަށީގެ ބަލިތަކަށް ފަރުވާ ހޯދާމީހުންނަށް ޙާއްސަ ސްކޭން ހެދުމުގެ ޚިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ބޯން މިނަރަލް ޑެންސިޓޮމެޓްރީ ހެދުމުގެ ޚިދުމަތް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. މި ޓެސްޓަކީ ކަށީގައި ކެލްސިޔަމް ހުރި މިންވަރާއި ކަށީގައި ފްރެކްޗާއެއް އެޅުމުގެ ފުރުޞަތު އޮތް މިންވަރު، އަދި ކަށީގެ ސިއްހަތު ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.

"މިއީ ކަށީގެ ބަލިތަކަށް، ޚާއްސަކޮށް އޮސްޓިއޯޕްރޯސިސްއަށް ފަރުވާ ކުރަން ޖެހޭތޯ، އަދި މަތީ އުމުރުގެ މީހުންނަށް (50 އަހަރުން މައްޗަށް) ހާއްސަ ސްކޭނެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތު ހިއްސާކުރި އޮފިޝަލަކު ވިދާޅުވިއެވެ.

މިއީ އިއްދައިން ކެނޑިފައި ތިބޭ އަންހެނުންނަށާއި މައިބަދައިގެ މައްސަލަތައް ދިމާވެފައިތިބި މީހުންނާއި އިއްދައިން ކެނޑިފައި ތިބޭ މީހުންގެ ތެރެއިން ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގެ މީހުން، ޓައިޕް 1 ޑައިބެޓިކްސް ހުންނަ މީހުން އަދި ކިޑްނީ އާއި ފުރަމޭގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ވެސް ހަދަން ޖެހިދާނެ ޓެސްޓެކެވެ.

އަދި ކަށީގެ އެކްސްރޭއެއް ނެގުމަށްފަހު އޮސްޓިއޯޕްރޯސިސްއަށް ޝައްކު ކުރެވޭނަމަ ވެސް މި ޓެސްޓް ހަދަން ޖެހިދާނެއެވެ.

މި ޓެސްޓް ހަދަން ހޭ ނައްތާކަމަށް ނުޖެހޭނެއެވެ. ޓެސްޓް ހެދުމުގައި ރޭޑިއޭޝަން ބޭނުންކުރާ މިންވަރު ކުޑަވާނެއެވެ. އެކްސްރޭއަށް ފަހު ބަލިމީހާގެ ހަށިގަނޑުގައި ރޭޑިއޭޝަންގެ އަސަރު އެއްގޮތަކަށްވެސް ނުހުންނާނެއެވެ. އަދި މި ޓެސްޓަށް ފަހު އެއްވެސް ސައިޑް އެފެކްޓެއް ބަލިމީހާގެ ގައިން ނުފެންނާނެއެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ބިނާކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ އެތަނަށް ޒިޔާރަތްކުރާ ބަލިމީހުންނަށް އެމީހުން ހިތްހަމަޖެހޭ ވަރުގެޚިދުމަތެއް ފޯރުކޮށްދެމުންނެވެ. ފަހުގެ ޒަމާނީ ޓެކްނޮލަޖީ އާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން އެ ހޮސްޕިޓަލުގައި ޚިދުމަތް ދެއްވާއިރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަތް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް ވެސް ގާއިމްކޮށްފައި ހުރެއެވެ.

comment ކޮމެންޓް