ޑެންގީ ހުން ފެތުރޭތީ ސަމާލުވާން އިލްތިމާސް ކޮށްފި

ޑެންގީން ސަލާމަތް ވުމަށް މަދިރި ނައްތާލަން ހިންގި ހަރަކާތެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

މިދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު މާލެއާ އާއި އަތޮޅު ތަކުންވެސް އިތުރުވެފައިވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން ކުރިއަށް އޮތް ދުވަސްވަރު ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ޑެންގީ ހުމުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމާއި މަދިރި އުފެދުން މަދުކުރަން މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް

  • ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަން ސާފުކުރުން
  • މަގުމަތި ތަންތަނަށް ކުނި ނާޅައި ޑަސްޓްބިނަށް ކުނި އެޅުން އަދި ޑަސްބިނަށް ފެންނޭޅޭ ގޮތަށް ބެހެއްޓުން
  • ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުން
  • ގޭތެރެއަށް މަދިރި ނުވަދެވޭ ގޮތަށް އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލެއްޕުން

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުންއައުން އަދި ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުން އޭގެ އިތުރުން ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ފަދަ ކަންކަން ހިނގާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި އަރާމު ކުރުން އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް