މާލޭގައި ތާޒާ ފެން ވިއްކާނެ ފަރާތެއް ހޯދަނީ

މީހަކު ފިހާރައަކުން ތާޒާ ފެންފުޅިތަކެއް ގަންނަނީ: އައިބީއެމްއިން ވަނީ މާލޭގައި ތާޒާ ފެން ވިއްކަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާފައި-- ސަން ފޮޓޯ/ އަހުމަދު އާޒިފު

އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން އުފައްދާ ތާޒާ ފެން، މާލޭގައި ވިއްކައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، އައިބީއެމްއިން ބުނީ، އެ ކުންފުނީގެ ފެނުގެ އުފެއްދުންތައް އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް މާލޭގައި ޑިސްޓްރިބިއުޓް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

ތާޒާފެން މާލޭގައި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި، އަންނަ މަހުގެ ހަތެއް ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

"ޕްރޮޕޯސަލްގައި ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ، ޝައުގުވެރިކަން ފާޅުކުރާ ސިޓީ އަދި ޑިސްޓްރިބިއުޝަން އޮޕަރޭޝަން ހިންގަން ގަސްތުކުރާ ގޮތުގެ ތަފްސީލް އެކުލެވެން ވާނެ،" އައިބީއެމްއިން ބުންޏެވެ.

އައިބީއެމްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިޕާރޓްމެޓް ބުނީ، މާލޭގައި ތާޒާ ފެން ވިއްކުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާނީ، ފެން ބިލްޑިންގުގެ، އެއް ވަނަ ފަންގިފިލާގެ ކައުންޓަރަށް ކަމަށެވެ.

comment ކޮމެންޓް