ޝިލްޕާ ޝެޓީ އަނެއްކާ ވެސް ރާއްޖޭގައި!

ޝިލްޕާ އާއިލާ އާއެކު ---

ބޮލީވުޑުގެ ތަރި ޝިޕްލާ ޝެޓީ، އޭނާގެ ފިރިމީހާ ރާޖް ކުންދްރާ އާއި ދަރިފުޅު ވިއާން އާ އެކު ޗުއްޓީ ހޭދަކުރުމަށް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

ޝިލްޕާގެ އާއިލާ ޗުއްޓީ ހޭދަކުރަމުންދަނީ ޅ. އަތޮޅު ކަނުހުރާ ރިސޯޓުގަ އެވެ. ރިސޯޓުގެ މަންޒަުތަކާއި ޗުއްޓީގެ މަންޒަރުތައް ޝިލްޕާ ވަނީ އިންސްޓަގްރާމް ކުރަން ފަށައިފަ އެވެ.

މީގެެ ކުރިން ވެސް ޝިލްޕާ ވަނީ އޭނާގެ ކުޑަ އާއިލާ އާ އެކު ޗުއްޓީ ހޭދަކުުރުމަށް ރާއްޖެ އައިސްފަ އެވެ. އޭގެ ތެރެއިން އެއްފަހަރު ތާޖް އެގްޒޯޓިކާ ރިސޯޓުގައި ވެސް އެއާއިލާ ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.

މޮޑެލިންގެ ދާއިރާގައި އުޅުމަށް ފަހު ޝިލްޕާ ބޮލީވުޑަށް ތައާރަފްވީ 1993 ވަނަ އަހަރު ފިލްމު ބާޒީގަރް އިންނެވެ. ދަޅްކަން، މޭކިލާޅީ ތޫ އަނާރީ، ރިޝްރޭ، ޕިރް މިލޭނގޭ ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ޝިލްޕާ ފަހަކަށް އައިސް ފެންނަނީ ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް