އެމެޒޯންގެ ފައިދާ ދެގުނަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމެޒޯންއަށް 1.6 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ފައިދާއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އެމެޒޯންއަށް މިހާބޮޑު ފައިދާއެއް ލިބުމަކީ ބައެއް ފަރާތްތަކަށް ލިބުނު ބޮޑު ހައިރާން ކަމެކެވެ. ކުރިން ލަފާކޮށްފައިވާ ގޮތުން އެމެޒޯންއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭ ފައިދާ ދަށަށް ދާނެއެވެ.

އެމެޒޯންއަށް ލިބުނު ފައިދާއަކީ އެކުންފުނީގެ އެމެޒޯން ވެބް ސާވިސްއަށް ލިބުނު ކުރިއެރުމާއެކު ލިބުނު ފައިދާއެއް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެމެޒޯން އިން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން އެމެޒޯން ޕްރައިމްގެ ސަބްސްކްރިޕްޝަން ފީ 99 ޑޮަލަރުން 119 ޑޮލަރަށް ބޮޑު ކުރުމަށެވެ.

އެމެޒޯންއަށް ލިބުނު ފައިދާއާއެކު ހިއްސާގެ ބާޒާރުގައި އެކުންފުނީގެ އަގުވެސް ވަނީ ހަތް ޕަސެންޓު މައްޗަށް ޖެހިލައިފައެވެ.

comment ކޮމެންޓް