ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއިން ދެވަނަ ފަހަރަށް ބޮންޑެއް ލިސްޓުކޮށްފި

އަބޫދާބީ ސްޓޮކް އެކްސްޗޭންޖް ---

ރާއްޖެއިން އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓަށް 100 މިލިޔަން ޑޮލަރުގެ ބޮންޑެއް ކާމިޔާބުކަމާއެކު ލިސްޓުކޮށްފިއެވެ.

މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖެއިން ވިއްކާ ދެވަނަ ބޮންޑެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، 5.5 ޕަސަންޓުގެ ކޫޕަން ރޭޓުގައި، ފަސް އަހަރުގެ މެޗޫރިޓީއަކާ އެކު މި ބޮންޑު ވިއްކަނީ ޕްރައިވެޓް ޕްލޭސްމެންޓް އުސޫލުންނެވެ. އަދި މި ބޮންޑު ވަނީ އަބޫދާބީގެ ހިއްސާގެ ބާޒާރުގައިވެސްް ލިސްޓުކޮށްފައެވެ. މި ބޮންޑު ވިއްކީ އޭޕްރިލް 24 ވީ އަންގާރަ ދުވަހުއެވެ.

ޕްރައިވެޓް ޕްލޭސްމެންޓް އުސޫލަކީ ހޮވާލެވިގެންވާ ވަކި އިންވެސްޓަރުންތަކެއްގެ މެދުގައި ކެޕިޓަލްއެއް ރެއިޒްކުރުމަށްޓަކައި ލިސްޓުކުރުމެކެވެ. ޕްރައިވެޓް ޕްލޭސްމެންޓް އުސޫލުގެ ދަށުން އާންމުކޮށް އިންވެސްޓްމެންޓް ފޯރުކޮށްދޭނީ ބޮޑެތި ބޮންޑުތަކާއި، ފަންޑުތަކުގެ އިތުރުން އިންޝޫރަންސް ކުންފުނިތަކާއި ފެންޝަން ފަންޑުތައް ފަދަ އިންވެސްޓަރުންނެވެ.

ފިނޭންސުން ބުނީ މި ބޮންޑު ޕްލޭސްކުރުމުގައި ލީޑު މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރީ ފަސްޓް އަބޫދާބީ ބޭންކު ކަމަށެވެ.

https://sun.mv/90637

ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ލިސްޓުކުރި ފުރަތަމަ ބޮންޑަކީ 2017 ވަނަ އަހަރު ސިންގަޕޯ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރި 200 މިލިޔަން ޑޮލަރުގެ ބޮންޑެވެ. އެ ބޮންޑަކީވެސް ފަސް އަހަރު ދުވަހުގެ މެޗޫރިޓީ ރޭޓުގެ ބޮންޑެކެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން ވަނީ ދިވެހިރާއްޖެއަށް މިދިޔަ 40 އަހަރުގެ ތެރޭގައި ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން އުމްރާނީ ތަރައްގީ، ދަތުރުފަތުރު، މުއާސަލާތީ ޚިދުމަތް އަދި ބޯހިޔާވަހިކަމާއި ހަކަތައިގެ ދާއިރާއިން އަބޫދާބީ ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް 50 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ވެސް މިދިޔަ އަހަރު ތެރޭގައި ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް