އޭލެވެލް އިމްތިހާންގެ ނަތީޖާ އަންނަ އާދިއްތަ ދުވަހު ދޫކުރަން ފަށަނީ

ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މި އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖަނަވަރީ މަހު ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ އަންނަ އަންގާރަ ދުވަހު ދޫކުރާ ގޮތަށް ހަަމަޖައްސައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން މިއަދު ކުރި އިއުލާނުގައި ބުނީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ އަންނަ އާދިއްތަ ދުވަހުން ފެށިގެން މޭ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 ން 13:45 އެ ޑިޕާޓްމަންޓުން ދޫކުރަމުންގެންދާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ނަތީޖާ ބަލައި އަންނައިރު ބަދަލުގައި މީހަކު ފޮނުވާނަމަ، އެ މީހެއްގެ އައިޑީކާޑާއި ކެންޑިޑޭޓުގެ އައިޑީކާޑު ގެންނަން ޖެހޭނެ ކަމަށާއި އަދި ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ޙަވާލުވާމީހާގެ އައިޑީކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުން ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

comment ކޮމެންޓް