ޝާހީ ކައިވެނީގައި ބަތަލާ ޕްރިޔަންކާ ވެސް ބައިވެރިވާނެ

ޝާހީ ކައިވެނީގައި ޕްރިޔަންކާ ވެސް ބައިވެރިވާނެ---

އަންނަ މެއި 19 ވާ ހޮނިހިރު ދުވަހު ޕްރިންސް ހެރީ އާއި ލޯބިވެރިޔާ މޭގަން މާކަލްގެ ކައިވެނި ކުރާނެ ކަމަށް އިއުލާނުކޮށްފައިވާ އިރު އެ ކައިވެނީގެ ހަފްލާއަށް ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބައިވެރިވާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕްރިޔަންކާ އެ ކައިވެނީގެ ހަފްލާގައި ބައިވެރިވި ނަމަވެސް އޭނާއަކީ އެ ހަފްލާގައި ބްރައިޑްސްމެއިޑް" އެއް ނޫން ކަމަށް ޕްރިޔަންކާ ވަނީ ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

ކައިވެނީގެ ކަންތައް ކުރިއަށް ދާނީ ސެއިންޓް ޖޯޖުގެ ވިންޑްސާ ކާސްލްގައެވެ.

މޭގަން އަކީ ޕްރިޔަންކާގެ ވަރަށް ގާތް އެކުވެރިއެކެވެ. ކައިވެނީގެ ދައުވަތު 2000 އަށް ވުރެ ގިނަ މީހުންނަށް ދީފައިވެއެވެ.

އުމުރުން 33 އަހަރުގެ ޕްރިންސް ހެރީގެ އަލަތު ކައިވެންޏަށް މި ކައިވެނި ވެގެންދިޔަ ނަމަވެސް އޭނާގެ ލޯބިވެރިޔާ އުމުރުން 36 އަހަރުގެ މޭގަން ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ.

މަސްދަރު: ޕީޕަލް ރޯޔަލް

comment ކޮމެންޓް