ވަންޕްލަސް 6 އަންނަ މަހު 16ގައި

ވަން ޕްލަސްގެ އާ ފޯނު، ވަން ޕްލަސް 6 ރިލީޒްކުރާ ދުވަހަކީ އަންނަ މަހުގެ 16 ކަމަށް އެކުންފުނިން ބުނެފިއެވެ.

ފޯނު ރިލީޒްކުރުމަށް ލަންޑަނުގައި ހަފްލާއެއް ބާއްވަންވެސް ވަން ޕްލަސް އިން ވަނީ ނިންމައިފައެވެ.

މި އިވެންޓުގައި ހާއްސަ ކަންތައްތަކެއް ހިމަނާނެ ކަމަށް ވަން ޕްލަސް އިން ވަނީ ބުނެފައެވެ. ލޯންޗިން އިވެންޓުގެ ޓިކެޓު ވިއްކަން ހުޅުވާލާފައިވާއިރު، ވަން ޕްލަސް 6ގެ ލޯންޗިން އިވެންޓުގެ ޓިކެޓް ވިއްކަނީ ވަން ޕްލަސް 5 ޓީ ލޯންޗިން އިވެންޓުގެ ޓިކެޓަށް ވުރެ ހެޔޮކޮށެވެ.

ވަން ޕްލަސް 6 އާ ގުޅޭގޮތުން ކުންފުނީގެ ސީއީއޯ ވިދާޅުވީ ފޯނުގެ ޑިޒައިން ތަފާތުވާނެެ ކަމަށެވެ. ފޯނުގައި ސްނެޕްޑްރެގަން 845 ޕްރޮސެސަރެއް ހިމެނޭއިރު އަށް ޖީބީގެ ރެމްއަކާއި 256 ޖީބީގެ މެމޮރީ މި ފޯނުގައި ހިމެނޭނެއެވެ.

ފޯނުގެ އަގާމެދު ބުނާނެ އެއްޗެއް އަދި ނޭނގެއެވެ. ވަން ޕްލަސް އިން ފުރަތަމަ މާކެޓަށް ނިކުތް އިރާ އަޅާބަލާއިރު ހަމަ ގައިމުވެސް ފަހަރެއް ފަހަރަކަށްވުރެ ފޯނުތަކުގެ އަގު އަންނަނީ ބޮޑުވަމުންނެވެ.

ވަން ޕްލަސްއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދައި، ސެމްސަންގް، އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރަން ފަށާފައިވާ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ ސްމާޓްފޯނުގެ ބާޒާރަށް ބޮޑެތި އިންގިލާބުތައް ގެންނަމުންނެވެ.

comment ކޮމެންޓް