ވަޓްސްއެޕް ބޭނުންކުރެވޭ އުމުރު ލިމިޓްކުރަނީ

ފޭސްބުކްގެ ދަށުން ހިންގާ މެސެޖިން އެޕްލިކޭޝަން ވަޓްސްއެޕް ބޭނުންކުރެވޭ އުމުރުު ލިމިޓްކުރަން ނިންމައިފިއެވެ.

ޔޫރަޕުގައި ދާދިފަހުން އެކުލަވައިލި ޑޭޓާ ޕްރައިވެސީ ގަވައިދުު ތަކާއެކު ވަޓްސް އެޕް ބޭނުންކުރެވޭ އުމުރަކީ 13 އަހަރާއި 16 އަހަރާއި ދެމެދުން ފެށިގެން މައްޗަށް ކަމަށް ކަނޑައަޅާނެއެވެ.

އެގޮތުން ޔޫރަޕުގައި ވަޓްސްއެޕް ބޭނުންކުރާމީހުންގެ އުމުރު ޔަގީން ކުރުމަށް ވަޓްސްއެޕް އިން ސުވާލު ކުރާނެއެވެ. އަދި އެ އެޕްލިކޭޝަންގެ އާ ޓާމްސް އެންޑް ކޮންޑިޝަންސް އާ ޔޫޒަރުން ގަބޫލުތޯ ސުވާލުކުރާނެއެވެ.

ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މި ބަދަލު ފެންނާނެއެވެ. 13 އަހަރާ 16 އަހަރާ ދެމެދުން ވަޓްސްއެޕް ބޭނުންކުރެވޭނެ އެންމެ ހަގު އުމުރަކީ ކޮބައިކަން އަދި ވަޓްސްއެޕް އިން ހާމައެއް ނުކުރެއެވެ.

ޑޭޓާ ޕްރައިވެސީ ގަވައިދާއެކު ޔޫރަޕުގައި ފޭސްބުކް ބޭނުންކުރާ މީހުންގެ އުމުރު ޔަގީންކުރާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޖެނުއަރީ މަހުގެ ނިޔަލަށް ވަޓްސްއެޕް ބޭނުންކުރާ 1.5 ބިލިއަން މީހުން އެބަތިއްބެވެ.

ޔޫރަޕް ފިޔަވައި އެހެން ކަންކޮޅުތަކުގައި 13 އަހަރުން މަތީގެ މީހުންނަށް ވަޓްސް އެޕް ބޭނުން ކުރެވޭނެއެވެ.

comment ކޮމެންޓް