ހުޅުމާލޭ ޓްރެކަށް އެރިއުޅެނިކޮށް ގެނބުނު ދިވެއްސަކު މަރުވެއްޖެ

ހުޅުމާލޭ ފަތާ ޓްރެކް: ހުޅުމާލޭ ފަތާ ޓްރެކަށް އެރިއުޅުނު ދިވެއްސަކު ގެނބިގެން ވަނީ މަރުވެފައި ---

ހުޅުމާލޭ ފަތާ ޓްރެކްގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވީ ދ. މީދޫ، ބީޗްހައުސް، އުމުރުން 21 އަހަރުގެ ހުސައިން ރިޔާދެއެވެ.

އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު އިރުއޮއްސި 6:30 އެހައިކަންހާއިރުއެވެ. ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި 15 ވަރަކަށް މިނިޓް ވަންދެން ރިޔާދު ގެނބިފައި އޮތެވެ.

ރިޔާދު ހޮސްޕިޓަލަށް ގެންދިޔައީ 20 ވަރަކަށް މިނިޓް ވަންދެން ފެނުމަތީގައި އޮއްވައި މީހަކަށް ފެނިގެން ޝައްކު ކުރެވިގެންނެވެ.

comment ކޮމެންޓް