ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީއަށް ނަންފޮނުވަން ދައުވަތު ދީފި

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ މަޝްވަރާ ކުރަނީ --

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަމަށް ލަފާދޭ ގައުމީ ކޮމިޓީއަށް ނަން ހުށަހެޅުމުގެ ދައުވަތު އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށާއި މުއައްސަސާތަކުގެ އިތުރުން ކްލަބް ޖަމްއިއްޔާއަކަށް އަރުވައިފިއެވެ.

މިއަދު އެކޮމިޝަނުން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހަ ސިޔާސީ ޕާޓީއަށާއި 10 މުއައްސަސާއެއްގެ އިތުރުން ކްލަބް ޖަމްއިއްޔާތަކުގެ ތެެރެއިން ހޮވާލެވޭ އެއް ޖަމުއްޔާ ހިމެނޭ ގޮތަށް ޖުމްލަ 17 ފަރާތަކަށް ދައުވަތު ދީފައެވެ.

ރިޔާސީ އިންތިހާބުގެ ކަންކަމަށް ލަފާދޭ ގައުމީ ކޮމިޓީގެ އެންމެ މުހިއްމު އެއް ބޭނުމަކީ އިންތިހާބާ ގުޅޭ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންގޮސް ހުރިހާ މުއައްސަސާއަކާވެސް ގާތުން ކަންކަން ނިންމުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެމުން އީސީން ބުނީ ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ގައުމުތަކުން 200 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓްރީ ކޮށްފި ނަަމަކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޔަގީންވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާ އިރު އަދި ކެންޑިޑޭޓެއް ދައްކާފައެއް ނުވެއެވެ.

comment ކޮމެންޓް