ބަޑި ޖެހުމުގެ ފުރުސަތު ލިބިދޭ އާއިލީ ހަވީރެއް ސިފައިން ބާއްވަނީ

މީގެ ކުރިން ބޭއްވި އާއިލީ ހަވީރެއްގެ ތެރެއިން --- ސަންފައިލް ފޮޓޯ

ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގެ ތެރެއިން، ބަޑިޖެހުމުގެ ފުރުސަތު ލިބިދޭ އާއިލީ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އާއިލީ ހަވީރު ބާއްވަނީ މި ހަފްތާ ބަންދުގައި ރަސްފަންނުގައި ހަވީރު ހަރަކުން ހަޔަކަށް ކަމަށެވެ. އެ ހަވީރަކީ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލައިގެން ބާއްވާ ހަވީރެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ އާއިލީ ހަވީރުގައި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން މޫދުގެ އެކި ކުޅިވަރުތައް ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި އެ ހަވީރުގައި ބަޑިޖެހުމުގެ ފުރުސަތު ބައިވެރިންނަށް ލިބިދެ އެކަމަށް ހާއްސަ ސްޓޯލެއް ހުންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

"އަދި ސިފައިންގެ މަސައްކަތާ ބެހޭ ކަންކަން ދައްކާލުން ހިމެނޭ އިރު ބަޑިޖެހުމަށް ހާއްސަ ސްޓޯލެއް ހުންނާނެ." އާޒިމް ވިދާޅުވި އެވެ.

އަދި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް