ޓީވީ ތަރި އަމީތާ މަރުވެއްޖެ

ތަރި އަމީތާ އަޑްގާތާ---

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި އަމީތާ އަޑްގާތާ މަރުވެއްޖެ އެވެ.

ކުޗް ރަންގް ޕިޔާރް ކެ އެއިސާ ބީ ގައި މޮޅު އެކްޓިން އެއް ދައްކުވައިދީފައިވާ އަމީތާ މަރުވެފައިވަނީ ފުއްޕާމޭ ފެއިލް ވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރޭގެ ވަގުތެއްގައި އަމީތާ މަރުވެފައިވާ އިރު އޭނާ ވަނީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އެޑްމިޓްކޮށްފަ އެވެ.

އޭނާގެ ޖަނާޒާގެ ކަންތައްތައް މާދަމާ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އަމީތާ ވަނީ ޓީވީ ޑްރާމާ ސިލްސިލާ ތަކުން ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ. އެގޮތުން ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ މަންކީ އާވާޒް ޕްރަތީގްޔާ ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް