އެމްޑަބްލިއުއެސްސީ: 23 އަހަރުވީ ކުންފުންޏަށް ހަތަރު އަހަރުތެރޭ ބޮޑެތި ކުރިއެރުންތަކެއް

އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމުމުގެ މަގްސަދުގައި 1995 ވަނައަހަރު ވުޖޫދަށް ގެނައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ އިން ވަނީ ކުންފުނީގެ 23 އަހަރުގެ މާޒީގައި ގިނަ ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދައިފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ އެމްޑަބްލިއުއެސްސީ އިން މިހާރު ދަނީ މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް 27000 ކޮޑިމީޓަރުގެ ފެން އުފައްދަމުންނެވެ. 700 އަށްވުރެ ގިނަ މުވައްޒަފުންނާއެކު އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ދިވެހިންގެ ފެން ކުންފުނިން ވަނީ ފެނާއި ނަރުދަމާގެ އިތުރުން އިންޖީނިއަރިންގ ދާއިރާގައި އާއި މެނުފެކްޗަރިންގ އަދި ވިޔަފާރީގެ ދާއިރާގައި ފައިހަމަކޮށްފައެވެ.

ކުންފުނީގެ މަސައްކަތްތައް ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށް ގެންދިޔުމަށްޓަކައި "އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ" ސްޓޭންޑަޑް ތަޢާރަފް ކޮށް ދަމަހައްޓަމުން އަންނައިރު، ކުންފުނީގެ ފެން ތަޙުލީލު ކުރާ ލެބޯރެޓަރީގެ ޚިދުމަތް ވަނީ އި.އެސް.އޯ 17025:2005 ގެ މިންގަނޑުތަކަށް ފައްތައިފައެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީ އާއި އައިލެންޑް ބެވަރޭޖަރސް މޯލްޑިވްސް އިން ފޯރުކޮށްދޭ ހިދުމަތްތައް ވަކި މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި، އައިއެސްއޯ 2015-9001 މެނޭޖްމަންޓް ސިސްޓަމް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހާސިލް ކޮށްފައެވެ. މީގެ އިތުރުން ކުންފުނިންދޭ ޚިދުމަތް އިތުރަށް ޔަޤީން ކުރުމުގެ ގޮތުން އައިއެސްއޯ 22000:2005 އާއި HACCP ސެޓްފިކެޓްވެސް ވަނީ މިދިޔަ އަހަރު ހާސިލްކޮށްފައެވެ.

އެމްޑަބްލިއުއެސްސީ އިން މިހާރު ދަނީ އެކުންފުނިން އުފައްދާ ޕައިޕް ބައިނަލްއަޤުވާމީ މިންގަޑަށް ފެއްތުމައްޓަކައި KIWA ޕައިޕް ސެޓްފިކޭޝަން ހޯދުމަގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދީ ޔަޤީންކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ލަފާފުޅުގެ މަތީން، އެމްޑަބްލިޔުއެސްސީ އިން ވަނީ ފެނުގެ ސެކިއުރިޓީ އަދި ނަރުދަމާ ނިޒާމް ހަރުދަނާ ކުރުމަށް ޕްލޭންތަކެއް އެކުލާވާލާފައެވެ.

ތިން ލައްކަ މީހުންގެ އާބާދީ އަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް މާލޭގައި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން އެމްޑަބްލިއުއެސްސީ އިން އަންނަނީ ކުރަމުންނެވެ. އަދި މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، މާލޭގައި ފެން އުފައްދަމުންދާ މައި ޕްރޮޑަކްޝަން ސެންޓަރުގެ އިތުރުން، މާލޭގެ އިތުރު ދެ ސަރަޙައްދެއްގައި ފެން އުފެއްދުމަށް ދެ ސެންޓަރުވެސް ވަނީ ގާއިމްކޮށްފައެވެ.

އޭގެތެރެއިން މިދިޔަ އަހަރު އިފްތިތާޙް ކުރެވިގެންފިޔަ އާރް.އޯ އެނެކްސް އެކެއް ޕްރޮޑަކްޝަން ސެންޓަރަކީ، މިވަގުތު ދުވާލަކު 5000 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ތަނެކެވެ. އަދި އިތުރު 5000 ކޮޑިމީޓަރުގެ ފެންޕަލާންޓެއް ޤާއިމްކުރުމުގެ ޤާބިލިއްޔަތުކަން ވެސް އެތަނަށް ލިބިފައިވެއެވެ.

ފެން އުފެއްދުމުގެ މަސައްކަތް ކުރާ ތިން ވަނަ ސަރަހައްދެއްގެ ގޮތުން، ހަވީރީ ހިނގުމުގައި 2000 ކޮޑިމީޓަރުގެ ފެން ޕްލާންޓެއް ބެހެއްޓި، އެތަނުގައި ފެން އުފައްދާ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިއާއެކު މިހާރު މާލޭގައި ފެން އުފެއްދޭ ކެޕޭސިޓީ ދުވާލަކު 27000 ކިއުބިކް މީޓަރަށް ވަނީ އިތުރުކުރެވިފައެވެ. މިއީ، މިވަގުތުގެ ފެނުގެ ޑިމާންޑްގެ ބެކަޕަށް ބަލާއިރު 35 ޕަސެންޓެވެ.

މާލޭގައި މިހާރު ޤާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ، މީގެ 38 އަހަރުުކުރިން 75،000 މީހުންގެ އާބާދީ އަކަށް ބަލައިގެން ފަރުމާކުރެވިފައިވާ ނިޒާމެކެވެ. ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތައް 75 މިލިއަން ރުފިޔާގެ ބަޖެޓަކާއިއެކު 300،000 މީހުންގެ އާބާދީއަކަށް ބަލައިގެން ފެނާއި ނަރުދަމާ ރަނގަޅު ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުނެވެ.

ފާއިތުވި 2017 ވަނަ އަހަރު ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަށް ގިނަގުނަ ހޭދައެއް ކުންފުނިން ކޮށްފައިވާއިރު އެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން ފެނުގެ ސެކިއުރިޓީ ޔަޤީން ކުރުމަށް 75 މިލިއަނަށް ވުރެ ގިނަ ރުފިޔާވަނީ ޚަރަދުކުރެވިފައެވެ.

މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅުވާލުމަށްޓަކައި ބްރިޖު މެދުވެރިކޮށް ހޮޅިލައިން އެޅުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީ އިން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ބްރިޖް ޕައިޕްލައިންގެ ޑިޒައިންގެ މަސައްކަތްނިމި، މަސައްކަތައް ބޭނުންވާ މެޓީރިއަލްސް މިމަހުގެ ތެރޭގައިގެންނާނެއެވެ. މިި ޕްރޮޖެކްޓްގެ މަޤްޞަދަކީ، ހުޅުމާލެ ތަރައްޤީކުރުމުގެ ފުރަތަމަ ފޭސްގެ ދަށުން ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން ސެންޓަރަކަށް ހުޅުމާލެ ބަދަލުވެ މާލެ އަދި ހުޅުމާލެ ބޭނުންވާ ފެން ކޮންމެ ހިނދެއްގައި ބްރިޖް މެދުވެރިކޮށް ޕަމްޕު ކުރެވެޭނެ ނިޒާމެއް ޤާއިމްކުރުމެވެ. މިއީ މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ފެނުގެ ސެކިއުރިޓީ މުޅިން ޔަޤީންކޮށްދިނުމަށްޓަކައި މި ސަރުކާރުން ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެކެވެ.

ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން ކުރަން ހަމަޖެހިފައިވާ އަޕްގްރޭޑިންގެ އިތުުރު މަސައްކަތަށް ބަލާއިރު، ހުޅުމާލެ ދެވަނަ ފޭސްގެ ދަށުން، 2016 ވަނަ އަހަރު 3000 ޓަނުގެ އާރު.އޯ ޕްލާންޓެއް ވަނީ ޤާއިމްކުރެވިފައެވެ. އަދި 2014 ވަނަ އަހަރުގައި ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ސްޓޯރޭޖް ކެޕޭސިޓީއަކީ 6530 ކިޔުބިކްމީޓަރ ކަމުގައިވާއިރު، ސްޓޯރޭޖް އިތުރުކުރުމަށް 2016 ވަނަ އަހަރު 6000 ކިޔުބިކްމީޓަރުގެ ފެންޓޭންކެއް ވަނީ ބަހައްޓައިފައެވެ. މިދިޔަ އަހަރު ތެރޭގައި އިތުރު 7500 ކިޔުބިކްމީޓަރގެ ޓޭންކެއް ގެނއުމުގެ މަސައްކަތް ކޮސްފައިވާއިރު، މިއަހަރު ތެރޭގައި އެޓޭންކް ޤާއިމު ކުރުމުގެ މަސަައްކަތް ކުރިއައްދާނެއެވެ. މިއާއެކު ކުރިއަށް އޮތްތަނުގައި މިހާރުގެ އާބާދީއަށް އުފެއްދޭ ފެން ދެގުނަކުރެވިގެންދާނެއެވެ.

ފެން އުފެއްދުމަށް ބޭނުންވާ ހަކަތަ ޔަޤީންކުރުމަށްޓަކައި ކުރެވިގެންދާ މަސައްކަތްތަކައް ބަލާއިރު، މިއަހަރުތެރޭގައި އާރް.އޯ އެނެކްސް އެކެއް ގައި ބެކަޕް ކަރަންޓް މަސައްކަތްތައްކެއްވަނީ ކުރެވިފައެވެ. ހަމަ އެއާއި އެކު މާލޭގައި 1.8 މެގަވޯޓުގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ވަނީ ނިިންމާލައިފައެވެ. އަދި 250 ކިލޯވޯޓްގެ ޑިސްޓްރިބިއުޝަން ބެކަޕް ޖެނެރޭޓަރެއް ކަލާފާނު ސަރަޙައްދުގައި ޤާއިމްކުރެވިފައިވާއިރު، 120 ކިލޯވޯޓުގެ ޑިސްޓްރިބިއުޝަން ބެކަޕް ޖެނެރޭޓަރެއް ހަވީރީ ހިނގުމުގައި ބެހެއްޓުމުގެ މަސައްކަތްތައްދަނީ ކުރެވެމުންނެވެ. އަދި މިއަހަރު ތިންވަނަ ކުއާޓަރު ތެރޭގައި ހުޅުމާލޭގައި އިތުރު 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. ހަމައެއާއިއެކު ގުޅީފަޅުގައި މިދިޔަ އަހަރު ފަހުކޮޅުވަނީ 500 ކިލޯވޯޓްގެ ޖެނެރޭޓަރެއްވެސް ވަނީ ބެހެއްޓިފައެވެ.

އެމްޑަބްލިއުއެސްސީއިން ވަނީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މެނުފެކްޗަރިންގްގެ ދާއިރާއިން ވެސް ގިނަކުރިއެރުންތައް ހޯދައިފައެވެ. އެގޮތުން، ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ގުޅީފަޅުގައި ގަޑިއަކު 12،000 ފުޅި އުފެއްދޭ ޒަމާނީ ފެންވަރުގެ ބޮޓަލިންގް ލައިންއެއް ގާއިމް ކުރުމަށް ބޭނުންވާ މެޝިނަރީ ގެނެއުމުގެ މަސައްކަތްދަނީ ހަލުވިކަމާއިއެކު ކުރެވެމުންނެވެ. އަދި ހަމަ އެއާއި އެކު އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކުގެ ތެރެއިން، ހދ. ކުޅުދުއްފުއްޓާއި ރ.ދުވާފަރުގައި ގާއިމްކޮށްފައިވާ ފުޅީގައި ފެން ބަންދުކުރުމުގެ ޕްރޮޑަކްޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށި، އެމަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ކުޅުދުއްފުށީގައި ގާއިމްކުރާ ގަޑިއިރަކު 10،000 ފުޅި އުފެއްދޭ ބޮޓްލިން ލައިންގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮޮސްފައިވާއިރު އެތަނަށް ބޭނުންވާ މެޝިނަރީ މިހާރުވަނީ އެ ރަށަށް ގެންދެވިފައެވެ. ދުވާފަރުގައި ގާއިމްކުރާ ގަޑިއިރަކު 5،000 ފުޅި އުފެއްދޭ ބޮޓްލިން ލައިންގެ މަސައްކަތް ވެސް ފެށި ބޭނުންވާ މެޝިނަރީ ވަނީ ގެންދެވިފައެވެ.

މި ރަށްރަށުން މިޚިދްމަތް ލިބެން ފެށުމުން އަތޮޅު ތަކުގެ ރައްޔިތުންނަށް ފަސޭހަކާމާއި އެކު ފުޅީގައި ބަންދު ކުރި ފެން ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. މި މަޝްރޫޢޫ ނިންމުމަށް އަންދާޒާ ކުރެވެނީ މިއަހަރުގެ ދެވަނަ ކުއާޓަރު ތެރޭގައެވެ.

އަލަށް ޤާއިމް ކުރެވިގެންދާ ބޮޓްލިން ލައިންތަކުގެ ސަބަބުން، ތާޒާ ފެނުގެ އުފެއްދުންތެރިކަން އިތުރުވެ، މުސްތަޤުބަލުގައި ފުޅި އުފެއްދުމަށް ބޭނުންކުރާ ޕްރީފޯމް ގެ ޑިމާންޑް އިތުރުވެގެންދާނެއެވެ. މިކަމައް ކުރިއާލާ ތައްޔާރުވުގެ ގޮތުން، ކުންފުނިން ދަނީ އިތުރު އައު ޕްރިފޯމް ލައިންއެއް ގެނެސް، މި މިއަހަރު ތިން ވަނަ ކުއާޓާރު ގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. މިއިން ކޮންމެ މަސައްކަތަކާއި އެކު އަތޮޅުތެރޭގައި ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަމް ފެނެއް އަންނަ މަހު މާކެޓަށް ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިފަދަ ދިވެހި އަމިއްލަ އުފެއްދުންތަކަކީ ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމާއި ސިނާއަތް އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެކެވެ. . މީގެ އިތުރުން ތާޒާ ފެން އިންޓަނޭޝަނަލައިޒް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.

އެމްޑަބްލިއުއެސްސީއިން ފަށާފައިވާ ޕައިޕް މެނުފެކްޗަރިންގގެ ސަބަބުން ފެނާއި ނަރުދަމާ އަދި އެހެނިހެން ބޭނުންތަކަށް ބޭނުން ވާ އެކިސައިޒްގެ ޕީ.ވީ.ސީ އަދި ޕީ.އީ ފައިޕް ރާއްޖޭގައި އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. މިއާއެކު ކުންފުނިން ހިންގާ އެންމެހައި ޕްރޮޖެކްޓްތަކުގައި ބޭނުންކުރަނީ ކުންފުނީގެ އަމިއްލަ އުފެއްދުމެވެ.

ދުވާފަރުގައި ޤާއިމް ކޮށްފައިވާ އައިސް ޕްލާންޓްގެ ތަޖުރިބާގެ އަލީގައި އިތުރު އައިސް ޕްލާންޓެއް ގެނެސް ގުޅީފަޅުގައި ޕްލާންޓް އިންސްޓޯލް ކުރެވުމުގެ މަސައްކަތްވެސްދަނީ ކުރެވެމުންނެވެ. މިއާއެކު މާލެ ސަރަހައްދުން ފަސޭހަކަމާއި އެކު، މެދުކެނޑުމެއްނެތި އައިސް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިމަސައްކަތްތަކާއިއެކު ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުހިންމު ބައިވެރިއަކަށް އަބަދުވެސް މިކުންފުނި ވެގެން ދިއުމެވެ.

އެމްޑަބްލިޔުއެސްސީގެ ތަޖުރިބާގެ އަލީގައި ކުންފުނިން ފޯރުވައިދޭންފެށި ފެނާއި ނަރުދަމާ އަދި އިންޖިނިޔަރިންގ މަސައްކަތްތަކަކީ، މިއަދު މިދާއިރާގައި ފޯރުކޮށްދެވޭ އެންމެެ ފެންވަަރު ރަނގަޅު ޚިދުމަތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ޙިދުމަތް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީގެ ބައިވެރިވުން އެކުލެވިގެންވާކަން ކުންފުނިން އުފަލާއި އެކު ފާހަގަކުރާކަމެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރާއިއެކު މި ކުންފުނިން 54 މަޝްރޫއު އެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި 2014 ވަނަ އަހަރު 11 ޕްރޮޖެކްޓަކާއި، 2015 ވަނަ އަހަރުގައި 16 ޕްރޮޖެކްޓް، 2016 ވަނަ އަހަރު ތިން ޕްރޮޖެކްޓް އަދި 2017 ވަނަ އަހަރު ހަތަރު ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި ސަރުކާރުން ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ތަފާތު 54 މަޝްރޫއެއްގެ ތެރެއިން 34 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާ، ސަރުކާރާ ވަނީ ހަވާލުކުރެވިފައެވެ.

މާލޭ ޤްރޭޓަރ ރީޖަންއަށް އެކަނި ބަލާލިކަމުގައި ވީނަމަވެސް 30 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށް ގެންގޮސް 15 މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. އަދި މި އަހަރު ތެރޭގައި 20 ޕްރޮޖެކްޓް ގެ މަސައްކަތް ނިމިގެންދާނެއެވެ.

މިދާއިރާއިން ކުރެވޭ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރިސޯޓް މާރކެޓަށް ޚާއްސަކުރެވިގެން "އެމްޑަބްލިޔުއެސްސީ ޔޫޓިލިޓީ ސޮލިއުޝަންސް" ގެނަމުގައި، އިތުބާރު ކުރޭވޭ ޔުޓިލިޓީ ސޮލިއުޝަންސް ސަރވިސް ޕެކޭޖުތަކެއްމިދިޔަ އަހަރު ވަނީ މާކެޓަށް ނެރެފައެވެ. އެގޮތުން ޔޫޓިލިޓީ ސޮލިއުޝަންސްގެ 11 ޕްރޮޖެކްޓްއެއްގެ ނެގޯސިއޭޝަން ޕްރޮސެސް މިހާރުވެސް ދަނީ ކުރިއަށެވެ. މި ތަޖުރިބާގެ އަލީގައ،ި މިކުންފުނިން އިންޓަރ ގްރޭޓެޑް ރިސޯޓް ޑިވެލޮޕްމެންޓްގެ ދަށުން ލ. ބަރެސްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ވަގުތީ ގޮތުން ދިނުމަށް އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއި ކުރެވިފައެވެ.

ސަރުކާރުން ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް ރަށްރަށުގައި ކުރިއައްދާއިރު، އެމްޑަބްލިޔުއެސްސީއިން ޤަބޫލްކުރަނީ މި ދާއިރާ ތަކަށް ހުނަރުވެރި ޒުވާނުންތަކެއް ތަމްރީން ކުރުމަކީ މުހިއްމުކަމެއްކަމެކެވެ.

އެމްޑަބްލިޔުއެސްސީގެ ޓްރެއިނިންގ އިންސްޓިޓިއުޓް ޤާއިމް ކުރުމަށް މިކުންފުނީގެ ބޯޑުއިން ފާސްކޮށް މި އިންސްޓިޓިއުޓް ގެ ރެޖިސްޓްރޭޝަން ޕްރޮސެސް މިހާރު ދަނީ ކުރިއަށެެވެ. އަދި މިއަހަރުގެ ތިންވަނަ ކުއާރޓާގައި މި ޓްރެއިނިންގ އިންސްޓިޓިއުޓްގެ މަސައްކަތް ނިމި އިންސްޓިޓިއުޝަން އިފްތިތަހު ކުރެވޭނެއެވެ. މި ޓްރެއިނިންގ އިންސްޓިޓިއުޓް މެދުވެރިކޮށް ޒުވާނުންނަށް ތަމްރީން ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ވޭތުވެދިޔަ އަހަރަކީ ކުންފުންޏަށް ފައިދާވި އަަހަރަކަންވާއިރު ކުންފުނީގެ އިންފްރާސްޓްރަކްޗަރަށް ގިނަގުނަ ހޭދަތަކެއް ކުރެވިފައެވެ. 2017 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހޯދިފައިވެއެވެ.

މިކާމިޔާބީތަކާއި އެކު ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވޭތުވެ ދިޔަ އަހަރުގައި ތަޢުލީމީ ދާއިރާ، ސިއްޙީ ދާއިރާ އަދި ޖަމިއްޔާ ޖަމައާތްތަކުން ހިންގާ ހަރަކާތްތަކަށް އެހީފޯރުކޮށްދީފައިވާނެއެވެ. އެގޮތުން ކުންފުނީގެ ސީއެސްއާރުގެ ދަށުން ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ ޑިޒައިނިންގ މަސައްކަތް ކުރިއަށްދާއިރު، އއ. ރަސްދޫ އަދި ގއ. ގެމަނަފުށީގެ މަސައްކަތް ވަނީ ނިިމިފައެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ހިންގައި މުޖުތަމައަށް ފައިދާވާ ކަންތައްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާއިލާއާއިއެކު އެކުވެރި އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމަށާއި އިޖްތިމާޢީ ދުޅަހެޔޮކަން އާއްމުންގެ މެދުގައި އިތުރުކުރުމުގެ ގޮތުން ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކުރެވިގެން ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ރަސްފަންނުގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ ބީޗް ޕެވީލިންއަންގެ މަސައްކަތްތައް މިއަހަރު ވަނީ ނިންމާލެވިފައެވެ. މިޕްރޮޖެކްޓަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ތަރައްޤީ ކުރެވިގެންދިޔަ ވަރަށް މުހިންމު މަސައްކަތެއްކެވެ. ރަސްފަންނު ޕެވީލިއަންއަކީ، އާއިލާއާ ރަހުމްތްތެރިންނާއެކު ވަގުތު ހޭދަކޮށްލެވޭނެ ހިތްގައިމު މަންޒިލެކެވެ.

މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ޔަޤީން ކޮށްދެއްވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވައިދެއްވާފައިވާ ހިޔާ ޕްރޮގްރާމްގެ ދަށުން، އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ޤާއިމްކުރާ 15 ބުރީގެ ދެ ޢިމާރާތްތުގެ އަމަލީ މަސައްކަތްދަނީ ކުރެވެމުންނެވެ.

މިއަދު އެމްޑަބްލިޔުއެސްސީގެ ދެކެމުން މިދާ އިޤްތިޞާދީ ކުރިއެރުމާއި، ގެނެވޭ އެންމެހައި ބަދަލުތަކުގެ މޭސްތިރިއަކީ ދިވެހި ގައުމުގެ ހުންގާނުގައި ހުންނެވި ޒުވާނުންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްކަން ކަށަވަރެވެ.

comment ކޮމެންޓް