އެސްޓީއޯގެ ފައިދާ އިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ނިންމައިފި

އެސްޓީއޯގެ 2016ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 55 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، 2017 ވަނަ އަހަރުގެ ފައިދާ އިން ޑިވިޑަންޑުގެ ގޮތުގައި ޙިއްޞާއަކަށް 55 ރުފިޔާ ބަހަން އާންމު ޖަލްސާގައި ހުށައެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވާ އިރު ހިއްސާގެ ފައިދާ ބަހާފައި ވަނީ ހިއްސާއަކަށް 51 ރުފިޔާ އެވެ.

މި އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ ކިހާވަރެއްކަމެއް އެކުންފުނިން އަދި އިއުލާނެއް ނުކުރެ އެވެ. ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ވަރު ހާމަވާނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ރިޕޯޓް އާންމުކުރުމުންނެވެ.

comment ކޮމެންޓް