ބެލްޖިއަމްގައި ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ބެލްޖިއަމްގައި އިއްޔެ ފެށި ސީފުޑް އެކްސްޕޯ ގްލޯބަލް ފެއާގައި ރާއްޖޭގެ ސްޓޯލް--

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ފެށި ސީފުޑް އެކްސްޕޯ ގްލޯބަލް ފެެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯ ފެއާއެވެ.

ދުނިޔޭގެ 79 ގައުމަކުން ބައިވެރިވި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެފައިވަނީ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި އަދި މޯލްޑިވްސް ސީފުޑް ފްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)ގެ މެމްބަރު ކުންފުނިތަކުންނެވެ.

އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައިި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އާއި، މޯލްޑިވްސް މެރިން ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އޯޝަން ހަންޓާ ޕްރައިވެޓް ލިމިޓެޑް، ސީސްޕެއާ މޯލްޑިވްސް، ޔޫރޯ މޯލްޑިވްސް ގްލޯބަލް ޕްރައިވެޓް ލިމިޓެޑް، އޯޝަން ފްރެޝް ޕްރައިވެޓް ލިމިޓެޑް، އޯޝަން ސީފުޑް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއިި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

ބެލްޖިއަމްގައި އިއްޔެ ފެށި ސީފުޑް އެކްސްޕޯ ގްލޯބަލް ފެއާގައި ރާއްޖޭގެ ސްޓޯލް--

އެ ފެއާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމަށް އިތުރު ފުރުސަތުތަކެއް ލިބި، ރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި ހިމެނޭ ސްޓޯލް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއަރުސީ)އިން ވަނީ ސްޕޮންސާކޮށްފައެވެ.

comment ކޮމެންޓް