އެމެޒޯންގެ ޕެކޭޖުތައް ކާރުގެ ޑިކީއަށް

އޮންލައިން ޝޮޕިން ވެބްސައިޓް އެމެޒޯންއިން ވިޔަފާރި ކުރާ ޕްރައިމް ކަސްޓަމަރުންގެ ޕެކޭޖުތައް އެމީހުންގެ ކާރުގެ ޑިކީއަށް ޑެލިވަރީކޮށްދޭން އެމެޒޯންއިން ނިންމައިފިއެވެ.

އެމެޒޯންއިން މީގެ ކުރިންވަނީ އެމީހުންގެ ޕްރައިމް ކަސްޓަމަރުންގެ ގޭގެ ދޮރު ހުޅުވައިގެން ޕެކޭޖް ޑެލިވަރީކޮށްދޭން ހުއްދައަށް އެދިފައެވެ. އަދި ބައެއް ކަސްޓަމަރުން ވަނީ އެ މީހުންނަށް އެ ހުއްދަ ދީފައެވެ.

އެމެޒޯންއިން ބުނީ ކާރުގެ ޑިކީއަށް ޕެކޭޖު ޑެލިވަރީކޮށްދޭން ނިންމީ، ވެރިފަރާތަށް އެންމެ ރަނގަޅަށް ހިދުމަތެއް ފޯރުކޮށްދޭން ކަމަށެވެ. މި ހިދުމަތް ދިނުމަށް ވެހިކަލް އުފައްދާ ދެ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރަން އެމެޒޯންއިން ވަނީ ނިންމައިފައެވެ. އެއާއެކު ހާއްސަ ސްމާޓް ލޮކެއް ހިމެނޭ ކާރުތަކުގެ ޑިކީއަށް ޕެކޭޖު ޑެލިވަރީކޮށްދޭނެއެވެ. މި ހިދުމަތް އެމެރިކާގައި ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އެމެޒޯންގެ ޑެލިވަރީ ޓެކްނޮލަޖީގެ ވައިސް ޕްރެޒިޑެންޓް ޕީޓާ ވިދާޅުވީ އެ ކުންފުނިން ދެމުން އަންނަ އިން ހޯމް ޑެލިވަރީއަށް ތަރުހީބު ލިބޭ ކަމަށެވެ.

އެމެޒޯންއިން ވަނީ ޑިކީއަށް ޑެލިވަރީ ކުރުމުގެ ހިދުމަތް ވޮޝިންޓަން އާއި ކެލިފޯނިއާގައި ޓެސްޓް ކޮށްފައެވެ. މި ހިދުމަތް ފުރަތަމަ ފަށާއިރު ހިދުމަތް ލިބޭނީ ޕްރައިމް ކަސްޓަމަރުންގެ ތެރެއިން ޖީއެމް އަދި ވޮލްވޯ ވެހިކަލް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

comment ކޮމެންޓް