އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި

އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް އިހްލާސްތެރިކަމާއެކު ކުންފުނީގެ ކުރިއެރުމަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑު ދީފިއެވެ.

އެމްޑަބްލިއުއެސްސީއަށް 23 އަހަރު ފުރުމުގެ އަހަރީ ޖަލްސާގައި އެ ކުންފުންނީގެ ކުރިއެރުމަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް ނުވަ ކެޓަގަރީއަކުން 26 އެވޯޑެއްވަނީ ދީފައެވެ. އޭގެ އިތުރުން އެމްޑަބްލިއުއެސްސީއަށް 10 އަހަރާއި 20 އަހަރުން ހިދުމަތްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްވެސް 14 ބޭފުޅަކަށް ވަނީ އެވޯޑު ދީފައެވެ.

އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، 1995 ވަނަ އަހަރުގެ ތެރޭގައި، އެ ކުންފުނި އުފެއްދީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި މިހާރު މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ދުވާލެއްގެ މައްޗަށް 27000 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން އެ ކުންފުނިން ހޯދައިފަވާކަމަށް ފަޒުލް ވިދާޅުވިއެވެ.

"އެމްޑަބްލިއުއެސްސީއިން މިއަދު ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު މިކުންފުންޏަކީ މިއަދު ފެނާއި ނަރުދަމާގެ ދާއިރާގެ އިތުރުން އިންޖީނިއަރިންގ ދާއިރާއާއި މެނުފެކްޗަރިންގ އަދި ވިޔަފާރީގެ ދާއިރާގައި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް،" ފަޒުލް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަޒުލް ވިދާޅުވީ، އެ ކުންފުނިން އުފައްދާ ޕައިޕް ބައިނަލްއަޤުވާމީ މިންގަޑަށް ފެއްތުމައްޓަކައި ކިވާ ޕައިޕް ސެޓްފިކޭޝަން ހޯދުމަގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސެޓްފިކެޓް ލިބިފައިވާ ކުންފުނިތައް މި ސަރަހައްދުގައި މަދުކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މާލޭއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅުވާލުމަށްޓަކައި ބްރިޖު މެދުވެރިކޮށް ހޮޅިލައިން އެޅުމަށް އެމްޑަބްލިޔުއެސްސީއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން ބްރިޖް ޕައިޕްލައިންގެ ޑިޒައިންގެ މަސައްކަތްނިމި، މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް މިމަހުގެ ތެރޭގައި ގެންނާނެކަމަށްވެސް ފަޒުލްވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ޕްރޮޖެކްޓް ނިމުމުން މާލެ އަދި ހުޅުމާލެއަށް ބޭނުންވާ ފެން ކޮންމެ ހިނދެއްގައި ބްރިޖް މެދުވެރިކޮށް ޕަމްޕު ކުރެވޭނެ ނިޒާމް ގާއިމްކުރެވިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރިމިއަމް ފެނެއް އަންނަ މަހު މާރކެޓަށް ނެރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. މިފަދަ ދިވެހި އަމިއްލަ އުފެއްދުންތަކަކީ ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމާއި ސިނާއަތް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް. އަދި ހަމަ އެހެންމެ ތާޒާ ފެން އިންޓަނޭޝަނަލައިޒް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަ ކޮށްލަން، ފަޒުލް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަޒުލް ވިދާޅުވީ، 2017 ވަނަ އަހަރުގެ ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަށް ބޮޑު ހޭދައެއް އެ ކުންފުނިން ކޮށްފައިވާ ކަމަށެވެ. އެގޮތުން ފެނުގެ ސެކިއުރިޓީ ޔަޤީން ކުރުމަށް 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރުހަރަދުކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ހިންގައި މުޖުތަމައަށް ފައިދާވާ ކަންތައްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

comment ކޮމެންޓް