ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެ

ފުވައްމުލައް ސިޓީ --- ސަން ފައިލް ފޮޓޯ

ފުވައްމުލަކުގައި ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ފުވައްމުލަކު މަންހަޖުލް ހުދާ ސްކޫލް ކައިރީގައި ހިނގި އެކްސިޑެންޓްގައި 24 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނެތް ނަމަވެސް އެނގިފައިވާ ގޮތުގައި ގެންލުން ލިބިފައިވަނީ އަންހެން މީހާގެ ފަޔަށެވެ.

އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 20:45 ހާއިރުއެވެ.

comment ކޮމެންޓް