ތަފާތު އެކި އިނާމުތަކާ އެކު ނަލަހިޔާ ރޯދަ ސޭލް

ތަފާތު އެކި އިނާމުތަކާ އެކު ނަލަހިޔާ ރޯދަ ސޭލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ކޮންސްޓްރަކްޝަން ވިޔަފާރި ކުރާ ނަލަހިޔާ އިން ވަނީ ތަފާތު އިނާމްތަކާއި ބޮޑު ޑިސްކައުންޓަކާ އެކު ފުރަތަމަ ފަހަރަށް ރޯދަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މި މަހުގެ 11 ވަނަ ދުވަހު ނަލަހިޔާ އިން ފެށި ރޯދަ ސޭލް އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ނަލަހިޔާ އިން ބުންޏެވެ.

"އަޅުގަނޑުމެން ރޯދަމަހާ ދިމާކޮށް މި ސޭލް ފެށުމުގެ މަގުސަދަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެ މީހުންގެ މަސައްކަތް އަވަހަށް ފަސޭހަކަމާ އެކު ނިންމާލުމަށް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ވީހާ ވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން،" ނަލަހިޔާގެ މާކެޓިން އެންޑް ކަސްޓަމާ ރިލޭޝަންގެ މެނޭޖަރު އަބްދުލްހަމީދު ވިދާޅުވި އެވެ.

ނަލަހިޔާއަކީ އެ ކުންފުނީގެ ވިޔަފާރީގެ ދަށުން ކޮލިޓީ ރަނގަޅު ޕަވާ ޓޫލް، ހައުސްވެއާ، ގްލާސް އަދި އެލުމިނަމް، ޕީވީސީ ޕައިޕް އެންޑް ފިޓިންގް، ރޫފިން، ސްޓީލް، ލަކުޑި އަދި މުށިވެސް ހެޔޮ އަގުގައި ވިއްކަމުން އަންނަ ދިވެހިންގެ މެދުގައި މަގުބޫލު ކުންފުންޏެކެވެ.

"މި ރޯދަ ސޭލްގެ ދަށުން އަޅުގަނޑުމެން ވިއްކާ އަދި މިހާރު ބާޒާރުގައި ވެސް އެންމެ ކޮލިޓީ ރަނގަޅު އެސްއީޖީ ސިމެންތި ފިލާ، ބިއްލޫރި، ޕީވީސީ ޕައިޕް އަދި އޭގެ ފިޓިންސް މާކެޓް ޕްރައިސަށް ވުރެ ވެސް ހެޔޮ އަގެއްގައި އަޅުގަނޑުމެން މި ވިއްކަނީ. އަޅުގަނޑުމެންގެ މަގުސަދަކީ މި ޕްރޮމޯޝަންގެ ދަށުން ކޮލިޓީ ޕްރޮޑަކްޓްސް ވީހާވެސް ހެޔޮ އަގެއްގައި ވިއްކުން،" ހަމީދު ވިދާޅުވި އެވެ.

ތަފާތު އެކި އިނާމުތަކާ އެކު ނަލަހިޔާ ރޯދަ ސޭލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަލަހިޔާއިން ވިއްކަމުން އަންނަ އެންމެ ކޮލިޓީ އުފެއްދުންތައް ވެސް އޭގެ މާކެޓް އަގަށްވުރެ 70 ޕަސެންޓް ޑިސްކައުންޓާ އެކު މިފަހަރުގެ ރޯދަ ސޭލްގައި ނަލަހިޔާ އިން ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ.

"ކޮންމެ އެއްޗަކަށް ވެސް އިންނާނީ ވަކި ޑިސްކައުންޓް ޕަސެންޓެއް. އޭގެ އަގު ޖަހާފައި ހުންނަ މިންވަރާ ބަލާފައި ޑިސްކައުންޓް ޕަސެންޓް ކަނޑައަޅާފައި ހުންނާނީ. އަދި 70 ޕަސެންޓް ޖަހާފައި އިނަސް ބައެއް ޕްރޮޑަކްޓްސްތައް ހުންނާނެ 75 ޕަސެންޓްގެ ޑިސްކައުންޓް ދޭ،" ހަމީދު ވިދާޅުވި އެވެ.

ތަފާތު އެކި އިނާމުތަކާއެކު ނަލަހިޔާ ރޯދަ ސޭލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރުގައި ނަލަހިޔާ އިން ވިޔަފާރިކުރާ ފަރާތްތަކަށް ޑިސްކައުންޓްގެ އިތުރުން އަގުހުރި އިނާމުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން 500 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ލިބި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. އެ ގުރުއަތުން ނަސީބުވެރިކަޔަށް ކަނޑައަޅާފައި ވަނީ އަގުހުރި އިނާމުތަކެކެވެ.

  • އެއްވަނަ އިނާމް

ދެ ބޭފުޅަކަށް ބެންގްކޮކް ރިޓާން ޓިކެޓް އަދި 15،000 ރުފިޔާގެ ވައުޗަރެއް

  • ދެވަނަ އިނާމް

ސެމްސަންގް އެސް9 ފޯނެއް އަދި 10000 ރުފިޔާގެ ވައުޗަރެއް

  • 3 ވަނަ އިނާމް

ހިޓާޗީ ޕަވާޓޫލްސް އަދި 5،000 ރުފިޔާގެ ވައުޗަރެއް

ތަފާތު އެކި އިނާމުތަކާއެކު ނަލަހިޔާ ރޯދަ ސޭލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހާ ދިމާކޮށް ފަރުނީޗަރު ބަދަލުކޮށް ގޭގެ އިންޓީރިއާ ބަދަލުކޮށް ހަދާއިރު ހެޔޮ އަގުގައި ތަކެތި ގަނެގެން ގެޔަށް ގެންގޮސް މަރާމާތުތަކާއި ނުނިމި ހުރި ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމާލަން ނަލަހިޔާ ރޯދަ ސޭލްގެ ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް އެ ކުންފުނިން އެދެ އެވެ.

comment ކޮމެންޓް