Sun Online
ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: ރޮއިޓާސް
ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: ރޮއިޓާސް

އިންޑޮނޭޝިއާގެ ޕާލިމެންޓުގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ޖަކާޓާ (އޭޕްރިލް 24): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ޖަކާޓާގެ ކޮރަޕްޝަން ކޯޓުން ސެތްޔާ ނޮވަންޓޯގެ މައްޗަށް ޖަލު ހުކުމް ކުރީ އެގައުމަށް އިލެކްޓްރޯނިކް އައިޑީ ކާޑު ސިސްމަޓް ތައާރަފް ކުރަން ހާއްސަ ކުރި ފަންޑަށް ހިޔާނާތްތެރިވި މައްސަލާގަ އެވެ.

ޕްރޮސިކިއުޓަރުން ވަނީ 440 މިލިއަން ޑޮލަރުގެ އެފަންޑުން 170 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި 80 އޮފިޝަލުންގެ ތެރޭގައި ނޮވަންޓޯ ވެސް ހިމެނޭ ކަމަށް ނިންމާފައި އެވެ. އެމައްސަލާގައި ތުހުމަތުކޮށްފައިވާ އިތުރު ފަރާތްތަކުގެ ތެރޭގައި ކުރީގެ އިންޓީރިއާ މިނިސްޓަރަކާއި ބައެއް ޕްރޮވިންސުތަކުގެ ގަވަރުނަރުން ހިމެނެ އެވެ.

ނަވަންޓޯގެ މައްޗަށް ވަނީ ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން 36،000 ޑޮލަރުން ޖޫރިމަނާކޮށް، އޭނާ ހިޔާނާތްތެރިވި 7.3 މިލިއަން ޑޮލަރު އަނބުރާ ދައްކަން އަމުރުކޮށްފަ އެވެ.

ނަވަންޓޯ ވަނީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ. އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ނަވަންޓޯގެ ވަކީލު ވިދާޅުނުވެ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު

އިންޑޮނޭޝިއާ
infinity loading...
×
DB released 01.