ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މާރުކޭޓް ސަރަހައްދުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މައްޗަށް ގަސްތުގައި ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކުރީ އެމައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށް ފަހު އެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މައްޗަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ދައުލަތުން ރިޔާޒުގެ މައްޗަށް ކުރީ އޭނާގެ މޯބައިލް ފޯނުގެ ޕިން ކޯޑު ނުދިން މައްސަލާގަ އެވެ.

ރިޔާޒުގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ އެވެ. އެކަމުގެ ސަބަބުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

comment ކޮމެންޓް