ޕާކިސްތާނުގައި ބޭއްވި ޗެރިޓީ ޕްރޮގްރާމެއްގައި ރާއްޖޭގެ އެމްބަސީން ބައިވެރިވެއްޖެ

ޕާކިސްތާނުގައި ބޭއްވި ޗެރިޓީ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން ވުމަން އެސޯސިއޭޝަން އިން ޕާކިސްތާން (އިފްވާ)އާއި އަދި ކޯޕްސްއޮފް ސާވިސް އެޓޭޗްސް ލޭޑީސް އެސޯސިއޭޝަނުން ގުޅިގެން ބޭއްވި ޗެރިޓީ ޕްރޮގްރާމެއްގައި، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބައިވެރިވެއްޖެ އެވެ.

އިފްވާއަކީ ޕާކިސްތާނގެ ފޮރިން މިނިސްޓްރީގެ އާއިލާތަކުގެ ތެރެއިން އެންމެ މަދުން އާމްދަނީ ލިބޭ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ހާލަތު ރަނގަޅަކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ޕާކިސްތާނުގައި ބޭއްވި ޗެރިޓީ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

މިއީ ޕާކިސްތާނުގެ ޗެރިޓީއަކުން ހިންގާ މާޝަލް މޮޑެލް ސްކޫލަށް ފައިސާ ހޯދުމަށް ހިންގި ޗެރިޓީ ހަރަކާތެކެވެ. އެ ސްކުލަކީ ކިޔެވުމުގެ ފުރުސަތުތައް ލިބިފައިނުވާ ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ހޯދައިދޭ ސްކޫލެކެވެ.

އެ ރަސްމިއްޔާތުގެ އިފްވާގެ ނާއިބު ރައީސް އަދި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަލީމްގެ އަންހެނުން އައިޝާ ސަލީމްގެ އިތުރުން، ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ހަދީޖާ ޒީނާ ވެސް ބައިވެރިވި އެވެ.

comment ކޮމެންޓް