ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޓީޒާ އާންމުކޮށްފި

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސަންޖޫ"ގެ ޓީޒާ މިދައު ވަނީ ދައްކާލާފައި--

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސަންޖޫ"ގެ ޓީޒާ މިއަދު އާންމުކޮށްފި އެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް، ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމުގައި ފެނިގެންދާނީ ނުވަދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާ ހައްޔަރުކުރި ދުވަސްވަރުގެ ހާދިސާތަކެވެ.

އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ވަރަށް ބުރަ މަސައްކަތުން އުފައްދާ ފިލްމެއް ކަމަށް ސަންޖޭ ދަތު މީގެ ކުރިން ވަނީ ބުނެފައެވެ.

ސަންޖޭގެ ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާއިންގެ ވާހަކަ ފެނިގެންދާނެ އެވެ.

ފޮކްސް ސްޓާ އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ހިޔާލަށް ވެސް ގެންނަން އުނދަގޫފަދަ ކަންތައްތަކެއް ފެނިގެންދާ އާދަޔާ ހިލާފު ފިލްމެކެވެ.

comment ކޮމެންޓް