ޓޫރިޒަމް މިނިސްޓްރީ އިން އައިއެމްޓީއެމް ފެއާ އެންޑޯޒް ކޮށްފި

އައިއެމްޓީއެމް ފެއާ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯޒް ކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ޕްރައިވެޓް ލިމިޓެޑުން އަދާރަން ރިސޯޓްސް އާ ގުޅިގެން ޖޫން މަހުގެ 23 އިން 24 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އައިއެމްޓީއެމް ފެއާ ޓޫރިޒަމް މިނިސްޓްރީ އިން އެންޑޯޒް ކޮށްފި އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންޑޯޒްމެންޓް ލެޓާ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށާއި ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު އިތުރު ކުރުމަށް އަމިއްލަ ފަރާތްތަކުން މަސައްކަތްތައް ކުރާ ކުރުން އިތުރުވެފައިވާ ކަމަށެވެ.

އައިއެމްޓީއެމް ފެއާ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯޒް ކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"މީގެ ނަތީޖާ ފެންނަމުން އެބަދޭ. މިދިޔަ އަހަރު [ކޮންމެވެސް ވަރަކަށް ޓުއަރިސްޓުން ޒިޔާރަތްކުރި އަދަދު] ދަށްވި، ނަމަވެސް މިހާރު [ފެއާތަކުގެ] ނަތީޖާ ފެންނަމުން އެބަދޭ،" އޮކިއުޕެންސީ އާއި ތަފާސް ހިސާބުތަކަށް ބަލާއިރު ޓުއަރިޒަމް އަށް ކުރިއެރުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަލަށް ހުޅުވާ ގެސްޓްހައުސްތަކާއި ރިސޯޓުތަކާ އެކު ފެއާތައް މެދުވެރިކޮށް ރާއްޖޭގެ ޓުއަރިޒަމް އިޝްތިހާރުކޮށް، ގިނަ ޓުއަރިސްޓުން އައުމުން ނޫނީ "ސާކަލް ފުރިހަމަ ނުވާނެ" ކަމަށެވެ.

އައިއެމްޓީއެމް ފެއާ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯޒް ކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަދާރަން ހުދުރަންފުށީގައި ބާއްވާ އައިއެމްޓީއެމް ފެއާގައި ދުނިޔެގެ 14 ގައުމަކުން 30 ޓުއަ އޮޕަރޭޓަރުން ބައިވެރިވާނެ އެވެ. މި ފެއާގެ މަގުސަދަކީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސް، ލިވަބޯޑްސް، ޓުއަ އޮޕަރޭޓާސް އަދި ޑައިވިން ސްކޫލުތަކަށް ޕްލެޓްފޯމެއް ހުޅުވައިދިނުން ކަމަށާއި މި ފެއާގައި ރާއްޖެއިން 200 ޕާޓީ އަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައިއެމްޓީއެމްގެ ސީއޯއޯ ރާފިއު މުހައްމަދު ވިދާޅުވި އެވެ.

އައިއެމްޓީއެމް ފެއާ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯޒް ކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާފިއު ވިދާޅުވީ މި ފެއާގައި ރާއްޖޭގެ ފަރާތްތަކުން ބައިވެރިވާނީ ވިޒިޓަރުންގެ ގޮތުގައި ކަމަށާއި ރަޖިސްޓްރީވާ ފަރާތްތަކަށް އަދާރަން އަށް ދިއުމާއި އައުމުގެ ކަންތައް ހަމަޖައްސައިދޭނެ ކަމަށެވެ.

މި ފެއާގައި ޕަޑީ ޓުއާ މޯލްޓިވްސް އިފްތިހާރު ކުރާނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަތީފަންތި އާއި މެދުފަންތީގެ ޓުއަ އޮޕަރޭޓަރުން ބައިވެރިވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

comment ކޮމެންޓް