އައިފޯނުގެ ވިޔަފާރި ދަށްވެދާނެ ކަމުގެ ބިރު އެބައޮތް

---

އެޕަލް ކުންފުނީގެ ހިއްސާގެ އަގު ދަށަށް ގޮސް އައިފޯނުގެ ވިޔަފާރި ދަށްވެދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުން އައިފޯނު ވިކޭނެ ކަމަށް ލަފާކޮށްފައިވާ އަދަދާ ގާތަށް ވެސް އައިފޯނުގެ ވިޔަފާރި ކުރިއަކަށް ނުދެއެވެ.

ހާއްސަކޮށް ޗައިނާގައި އައިފޯނަށް އޮތްމާކެޓު ދަށަށް ދިއުމާއި އެކުންފުނިން އެންމެ ފަހުން ނެރުނު އައިފޯނު އެކްސްގެ އަގު ބޮޑުވުމާ އެކު އޭގެ އަސަރު ވިޔަފާރި އަށް ކުރަނީ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

އައިފޯނު އެކްސް އަށް އޮތް ޑިމާންޑު ދަށްވުމާ ގުޅިގެން އެކުންފުންޏަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

އައިފޯނުގެ ވިޔަފާރި ދަށްވެ އެޕަލްގެ ހިއްސާގެ އަގު ދަށަށް ދިޔަ ނަމަވެސް އެޕަލް އަކީ ދުނިޔޭގައި އެންމެ ކާމިޔާބު ކުންފުނިތަކުގެ ލިސްޓުގައި ގުނާލެވޭ ކުންފުންޏެކެވެ.

comment ކޮމެންޓް