ލަންކާގައި ކުޑަކުއްޖަކާ ބެހުނު ދިވެއްސަކު އެގައުމުގެ ފުލުހުން ހޯދަން ފަށައިފި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސަރަހައްދެއް --

ސްރީލަންކާގައި ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު އެ ގައުމުގެ ފުލުހުން ހޯދަން ފަށައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ލަންކާގައި ދިވެއްސަކު ހޯދަމުން ދަނީ ދިވެހި ކުޑަކުއްޖަކާ ބެހުނު މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ލަންކާ ފުލުހުން ބަލަން ފަށާފައިވާ އިރު އެކަން ހިނގާފައި ވަނީ މިދިޔަ ހޮނިހިދު ދުވަހުގެ ރެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ލަންކާ ފުލުހުން މިހާރު ވެސް ވަނީ ދިވެއްސަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހާ ހައްޔަރުކޮށްފައި ހުރީ މިހާރު ހޯދަމުންދާ މީހާ ފެންނަންދެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ބުނީ އެފަދަ މައްސަލައެއް ބަލަމުންދާކަން އަދި ސާފުނުވާ ކަމަށާއި ނަމަވެސް ދިވެހި ޒުވާނެއްގެ މޮބައިލް ނަންބަރު ހިއްސާކުރުމަށް ލަންކާ ފުލުހުން އެދިފައިވާތީ އެ ނަންބަރު ދީފައިވާ ކަމަށެވެ.

comment ކޮމެންޓް