އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ހާލުކޮޅު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ބުޝް އައިސީޔޫގައި އެޑްމިޓްކޮށްފައިވަނީ އަނބިކަނބަލުން ބާބަރާ ބުޝްގެ ޖަނާޒާގެ ކަންތައް ނިންމާލިތާ އެއްދުވަސް ފަހުންނެވެ.
ބުޝް 93، ހޮސްޕިޓަލުގައި އެޑްމިޓްކުރާވަރަށް ހާލުކޮޅު ގޯސްވެފައިވަނީ ލޭގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބުޝް އާއިލާގެ ސްޕޯކްސްޕާޒަން އާ ހަވާލާދީ ސީއެންއެން ބުނެއެވެ. ހަބަރުތައް ބުނާގޮތުން ބުޝްގެ އުމުރުފުޅު މައްޗަށް ގޮސްފައިވާތީ ބަލީގެ ސަބަބުން ހާލު އިތުރަށް ގޯސްވުމަކީ ވެދާނެ ކަމެކެވެ.
އަނބިކަނބަލުން އަވަހާރަވުމުގެ ހިތާމައިގައި ބުޝް އުޅުއްވަނިކޮށް ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން ބުޝްގެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަވާރަސަތޭކަ އަށްޑިހަ ނުވަޔަކުން 1993 އާއި ހަމައަށް އެމެރިކާގެ ރައީސްކަން ކުރެއްވި ބުޝް އަކީ އެގައުމުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. ބުޝް ވަނީ ސީއައިއޭގެ ޑިރެކްޓަރު ކަމާއި ކޮންގްރެސްގައި ވެސް މަަސައްކަތް ކުރައްވައިފައެވެ.