"ދަ ޕާސްޓް"ގެ ޓްރެއިލާ ދައްކާލައިފި

ދަ ޕާސްޓްގެ ޕޯސްޓަރެއް---

ޕީކޮކް މޯޝަން ފިލްމްސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ދަ ޕާސްޓް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ ބިރުވެރި ހިންދީ ފިލްމަކީ ހަގީގީ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ޓްރެއިލާ އިން ފެނިގެން ދަނީ އާ ގެއަކަށް ކުއްޖެއް ބަދަލުވެގެން އެގޭ ތެރޭގައި ހިނގާ ބިރުވެރި ހާދިސާ ތަކެކެވެ.

އެ ގޭތެރެއިން ބޭރަށް ނުނިކުމެ ގޭތެރޭގައި އެ ކުއްޖާ ބަންދުވެގެންދާ މަންޒަރު ޓްރެއިލާ އިން ފެނިގެން ދިޔަ އެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމާ ގުޅޭ ގޮތުން ޓްރޭޑް އެނަލިސްޓު ތަރަން އާދަޝް ބުނީ ބިރުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ކަރުނަ ހިލޭނެ ބައެއް މަންޒަރުތައް ވެސް ފެނިގެންދާނެ ކަމަށެވެ.

comment ކޮމެންޓް