މަރުވެފައިވާ މީހެއްގެ ފިންގާ ޕްރިންޓުން ފޯނެއް ހުޅުވަން އުޅެފި

މަރުވެފައި އޮތް މީހެއްގެ ފިންގާޕްރިންޓު ބޭނުންކޮށްގެން ފޯނެއް ހުޅުވަން ފްލޮރިޑާގެެ ޑިޓެކްޓިވްސްތަކެއް މަސައްކަތް ކޮށްފި އެވެ.

މަރުވެފައިވާ މީހާގެ ފިންގާ ޕްރިންޓު ބޭނުންކޮށްގެން އޭނާގެ ފޯނު ހުޅުވަން މަސައްކަތް ކުރި އިރު އޭނާ މަރުވެފައި ވަނީ ފުލުހުން ދިން ހަމަލާއެއްގަ އެވެ.

ލައިނަސް ފިލިޕް ނަމަކަށް ކިޔާ މީހާ މަރުވި އެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން އެމެރިކާގެ ހަބަރުތައް ބުނެފައި ވަނީ ދެ ފުލުސް އޮފިސަރުންނަށް ލައިނަސްގެ ކާރު ތެރެއިން މަސްތުވާތަކެތީގެ ވަސް ދުވި ކަމަށާއި އޭނާ ހައްޔަރު ކުރަން މަަސައްކަތް ކުރުމުން ކާރު ދުއްވައިލީ ކަމަށެވެ. އަދި އޭނާ އަތުލުމަށް ފުލުހުން ބަޑިޖެހި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ފުލުހުން ޖެހި ބަޑީގެ ވަޒަން އަރައި ފިލިޕް މަރުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފިލިޕްގެ ފޯނު ހުޅުވަން ކުރި މަސައްކަތުން އެކަން ކާމިޔާބު ވެފައިނު ވާތީ މައްސަލަ ބަލާ ޑިޓެކްޓިވުން މަސައްކަތް ކުރީ ފިލިޕްގެ ފިންގާ ޕްރިންޓު ބޭނުންކޮށްގެން އޭނާގެ ފޯނު ހުޅުވޭތޯ އެވެ. ނަމަވެސް ފޯނު ހުޅުވޭ ގޮތް ވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލިޕް އާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް ފްލޮރިޑާގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ފިލިޕް މަރުވެފައި އޮއްވައި އޭނާގެ ފިންގާ ޕްރިންޓު ބޭނުންކޮށްގެން ފޯނު ހުޅުވަން މަސައްކަތް ކުރުމަކީ އިހުތިރާމު ކުޑަކުރުން ކަމަށް އޭނާ ގެ ލޯބިވެރިޔާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް